ރ. އިނގުރައިދޫގައި ގޭސް ފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ހާދިސާގެ މައުުލޫމާތު ދެމުން ސިފައިން ބުނީ، އިނގުރައިދޫ ގުލްހަޒާރުގެ ގޭސްފުޅި ގޮވައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ނަިއފަރު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަނިޔާވި ދެ މީހުންގެ ތެރެއިން ރ. އުނގޫފާރު ހޮސްޕިޓަލަށް ފަރުވާއަށް ފޮނުވިއިރު އަނިޔާވި އަނެއް މީހާ ފަރުވާ ދެމުން ގެންދަނީ އިނގުރައިދޫ ހޮސްޕިޓަލުގައި ކަމަށެވެ.
އެ ދެ މީހުންނަށް ވެސް ލިބުނު އަނިޔާގެ ތަފްސީލު އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.
ގޭސްފުޅިއެއް ގޮވައިގެން ދެ މީހަކަށް އަނިޔާވިއިރު ސިފައިން މިހާރު ގެންދަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ފޯރުކޮށް ދެމުންނެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި ގޭސްފުޅިން ގޭސް ލީކުވަންޏާ އަމަލު ކުރާނެ ގޮތާއި އަދި ގޭސް ލީކުވާނަމަ އެކަން ދެނެގަންނާނެ ގޮތް ސިފައިން ދަނީ ކިޔައި ދެމުންނެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
އިންސްޓަންޓް ނޫޑްލްސްއިން ކާނާ ވިހަ ވުމުގެ ރިޕޯޓުތަކެއް!