ދޮށީގެ މަސްވެރިންނަށް ހާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް ޓޫނާ ރޭސް" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި މަސްވެރިންނަށް ހުޅުވާލައިފި އެވެ.
މި ރޭހަކީ ކެޔޮޅުންގެ ލޮބީން އިންތިޒާމްކޮށްގެން ބާއްވާ ރޭހެކެވެ. މި ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 5 އާއި 6 އާ ދެމެދުގަ އެވެ.
މިއީ 24 ގަޑިއިރުގެ ރޭހެކެވެ. މި ރޭހުގެ މަގުޞަދަކީ ދޮށީގެ މަސްވެރި އާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވުންކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
ރޭހުގައި ބައިވެރިވާ އޮޑިފަހަރުގެ ތެރެއިން އެންމެ ގިނައިން މަސް ބާނާ ތިން އޮޑިއަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އެއްވަނައަށް 100,000 ރުފިޔާ، ދެވަނައަށް 50,000 ރުފިޔާ އަދި ތިންވަނައަށް 25,000 ރުފިޔާ ދިނުމަށް ހަމެޖެހިފައިވެ އެވެ.
ކެޔޮޅުންގެ ލޮބީން އިތުރަށް ބުނީ، ރޭހުގައި ބައިވެރިވެވޭނީ ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށް، މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އޮޑިފަހަރު ތަކަށް ކަމަށެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށްވެސް އަންގާފައިވެ އެވެ.