މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ކަނޑުއަޑީގައި ގޮވި "ޓައިޓަން" ސަބްމާސިބަލްއާ ބެހޭ ގޮތުން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ނެޓްފްލިކްސްއިން ރިލީޒް ކޮށްފި އެވެ.
މާކް މޮންރޯ ލިޔެ ޕްރޮޑިއުސް ކޮށްފައިވާ މި ޑޮކިއުމެންޓްރީއަކީ ޓައިޓަންގެ އެ ދަތުރުގެ ވަރަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެ ޑޮކިއުމެންޓްރީ އެކެވެ.
އެގޮތުން ޑޮކިއުމެންޓްރީގައި ބޮޑަށް އަލިއަޅުވާލާފައިވާނީ ހާދިސާގެ ތެރެއިން ހިނގި ކަންތައްތަކަށް ވުރެ ބޮޑަށް އެފަދަ ހާދިސާއަކަށް މަގުފަހިވި ކަންކަމަށް ކަމަށް ބުނެވެ އެވެ.
އެމެރިކާގެ ޓޫރިސްޓް އެކްސްޕެޑިޝަން ކުންފުންޏެއް ކަމަށްވާ އޯޝަން ގޭޓުން ބޭއްވި އެ ދަތުރަކީ ޓައިޓޭނިކް ފެތުނު ސަރަހައްދު ބަލާލަން ކުރި ދަތުރެކެވެ.
އެހެން ނަމަވެސް ކަނޑުގެ ވަކި ހިސާބަކަށް ފީނި ދަތުރުގެ އުޅަނދު ގޮވައި އޭގައި ތިބި ފަސް މީހުން ވެސް މަރުވީ އެވެ. އެ ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
ޓައިޓަންގެ ދަތުރުގައި ބައިވެރިވީ އޯޝަންގޭޓްގެ ސީއީއޯއާއި އިނގިރޭސި މަހުޖަނާއި ޕާކިސްތާނަށް ނިސްބަތްވާ މަހުޖަނު ދެ ބަފައިންގެ އިތުރުން ޓައިޓޭނިކްގެ ހާދިސާ ދިރާސާކުރާ އިނގިރޭސި ސައިންސްވެރިއެކެވެ.
މި ހާދިސާއަކީ ސަލާމަތީ ކަންކަމަށް ބަހައްޓަން ޖެހޭ ފަރުވާތެރިކަން ނުބެހެއްޓުމުން ކުރިމަތިވި ހިތާމަވެރި ހާދިސާއެއް ކަމަށް ޑޮކިއުމެންޓްރީގައި ފާހަގަކޮށްފައިވެ އެވެ.
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟