މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ރިޕޯޓް ރައީސް މުހައްމަދު މުއިއްޒުއާ ހަވާލުކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ އެކޮމިޝަނާއި ހަވާލުކޮށްފައިވާ މަސައްކަތް ނިންމާ، އެ މައްސަލައިގެ ފައިނަލް ރިޕޯޓް ރައީސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭޕްރިލް މަހުގެ 27 ވަނަ ދުވަހު އުފެއްދި މި ކޮމިޝަނަށް އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ވައިސް ޗިފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދުގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު ޒިލާލާ ތިމާގެކަމުގެ ގުޅުން އޮންނަ ޑރ. މުހައްމަދު ހަބީބެވެ. ފަހުން ޑރ. ހަބީބު ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.
މިއީ އަންހެން ކުއްޖެއްގެ މައްސަލަ ބަލާ ކޮމިޝަނަކަށް ވާއިރު ކޮމިޝަނުގައި އަންހެނެއް ނެތުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމާއެކު ފަހުން ރައީސް މުއިއްޒު ވަނީ މި ކޮމިޝަނަށް އާމިނަތު އީނާސް އާއި ޖަބީން މުހައްމަދު އިތުރު ކުރައްވާފަ އެވެ.
އޭގެފަހުން މި ކޮމިޝަނުގެ ހިންގާ ގަވާއިދުވެސް ގެޒެޓްކޮށްފައިވާއިރު އޭގެ ތެރޭގައި އެ ކޮމިޝަނުގެ މަސްއޫލިއްޔަތަކީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އިންސާފުވެރިކަމާ އެކު އަދުލުވެރިކަމާ އެކީ ތަހުގީކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުން ކަމަށް ވަނީ ބުނެފަ އެވެ.
ޔުމްނު ވެއްޓުމާ ހަމައަށް އޭނާ އާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލާއި ވެސް މި ކޮމިޝަނުން ވަނީ ބައްދަލުކޮށްފަ އެވެ.
މި މައްސަލާގައި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ވަނީ ރައުދުގެ މައްޗަށް އުފުލާފަ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ދެވަނަ ކޯނީރިޕޯޓް
ރިޕްލައިވެއްޓުނީތޯ ވައްޓާލީތޯ ފުންމާލީތޯ ރޭގަނޑު ހަތަރު ދަމު އަންހެނަކު ގޭގެއަށް ވަންނަން ހިނގަނީ ކީއްވެތޯ
ރިޕްލައި