ޗާގޯސް ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު ހޯދަން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ ދަށުން ގާނޫނީ ވަކީލު އަހުމަދު މައުރޫފް އެޓާނީ ޖެނެރަލް އޮފީހަށް ހުށަހެޅި އާރްޓީއައި އަށް އެ އޮފީހުން ދިން ޖަވާބުންނެވެ.
އެ އޮފީހުން ދިން ޖަވާބުގައި ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ރަސްމީކޮށް ދައުވާކުރަން ނިންމިކަން އެނގިފައިނުވާ ކަމަށެވެ.
އެ މައްސަލައިގައި ސަރުކާރުން ނިންމާ ގޮތެއް އެ އޮފީހަށް އެނގޭނީ ޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ސިޓީއަށް އިޖާބަނުދީ އިނގިރޭސި ސަރުކާރުން ވަނީ ސަރުކާރުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ މިދިޔަ މަހުގެ ތެރޭގައި ހަވާލުކޮށްފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
