ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވަމުން ފުލުހެއްގެ ގައިގައި ޖެއްސި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ 8:20 ހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވި މ. ބަހާރުވިލާ، ޔޫނުސް ޚަލީލް އަބްދުﷲ18، ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވެ އެވެ. އަދި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
އޭއައި އެޖެންޓް ކޮންޓްރޯލު ގެއްލި ކުންފުންޏެއް ހެކްކުރި މައްސަލަ
ދިއްލީގެ ސަލާމަތީ ބާރުތަކަށް އަރިޖީތުގެ ފާޑުކިޔުން އަމާޒުވެއްޖެ
