ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.
ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އާ ޓާމިނަލްއާ ގުޅޭ ހާއްސަ ޓުއާތަކެއް އެމްއޭސީއެލްއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ ޓުއާތަކެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ ޓީމަކަށް އާ ޓާމިނަލް ދައްކާލައި، މައުލޫމާތު ދީފައިވާ ކަމަށެވެ. މި ޓުއާގައި ސީއޭއޭ ޓީމުގައި ހިމެނިވަޑައިގެންނެވި މެންބަރުންގެ ސުވާލުތަކަށް އޮރާޓު ޓީމުގެ ފަރާތުން ޖަވާބު ދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
މި ޓުއާއަށްފަހު، އާ ޓާމިނަލަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދޭ ވީޑިއޯ ސެގްމަންޓުގައި ވާހަކަދައްކަވަމުން ސީއޭއޭގެ އެއާ ޓްރާންސްޕޯޓްގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އާ ޓާމިނަލްގެ ހުރިހާ ކަމެއް ވެސް ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައި ކަމަށެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ޖުމުލަކޮށް އާ ޓާމިނަލް ބޭނުންކުރައްވާ ހުރިހާ ފަސިންޖަރުންނަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި