ފުރަތަމަ ހަފްތާ ބަންދުގައި ވެސް ޔުނިވާސަލް ސްޓޫޑިއޯސްގެ ފިލްމު "ޖުރާސިކް ވޯލްޑް ރީބާތު" އެ ފްރެންޗައިޒްގެ ރެކޯޑެއް މުގުރާލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު އެ ފިލްމަށް ވަނީ 312.5 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މިއީ އެ ފްރެންޗައިޒްގެ ކުރީގެ ފިލްމުތަކަށް ނުލިބޭ ވަރުގެ ބޮޑު އާމްދަނީ އެކެވެ.

އެއާއެކު "ޖުރާސިކް ވޯލްޑް ރީބާތު" ވެފައިވަނީ 2025 ވަނަ އަހަރު މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.

އެގޮތުން އެ ފިލްމަށް އެއް ގައުމަކުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޗައިނާއިންނެވެ. ޗައިނާއިން އެ ފިލްމަށް 33.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ގެރެތު އެޑްވާޑްސް ޑައިރެކްޓް ކޮށްފައިވާ "ޖުރާސިކް ވޯލްޑް" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދަނީ ސްކާލެޓް ޖޯންސަންއާއި ޖޮނަތަން ބެއިލީ އެވެ.

"ޖުރާސިކް ވޯލްޑް ރީބާތު"އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީގެ ފަހަތުގައި އެ ފިލްމުގެ ވާހަކައާއި މޮޅު ގްރެފިކްސްގެ އިތުރުން ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތައުރީފު ކަމަށް ހަބަރުތައް ބުނެ އެވެ.