އދ. މާމިގިލީ ކައިރިއަށް ފީނަން ދިޔަ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެއީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ މާމިގިލީ ކައިރިއަށް ފީނަން ދިޔަ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ ކަމަށް މިރޭ 7:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި މާމިގިލީ ރައްޔިތުން ގުޅިގެން ކުރަމުން ދަނިކޮށް، މާމިގިލީ ބޭރުން ވަނީ ފެނިފަ އެވެ.
ފުލުހުން ބުނީ އެ ކުއްޖާ މާމިގިލީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވާލައިފި
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
އިންސާނުންނަށް އުފާވެރިކަން ލިބެނީ ކޮން ކަމަކުން؟
