އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ދޮރު ހަލާކުކޮށްލި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ދޮރަށް ގެއްލުންދިން ކަމުގެ މައުލޫމާތު ލިބުނީ ރޭގެ ދަންވަރު 1:30 ހާއިރު ކަމަށެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ބޮޑު ދޮރަށް ގެއްލުންދީފައިވާއިރު، މި މައްސަލާގައި ފުލުހުން ހައްޔަރު ކުރީ މ. ސްޓާ / މާލެ، މުހައްމަދު ރަޒީން (49އ) އެވެ.
މީނާ އަކީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކެފޭއަކަށް ވަދެ, ފައިން ޖަހައި އެ ކެފޭގެ ބިއްލޫރި ޝޯކޭސްއެއް ތަޅާލުމާ ގުޅިގެން ހައްޔަރު ކުރި މީހަކަށްވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަހުވެސް އައިޖީއެމްއެޗްގައި ފުލުހުންނަށް ހުރަސްއަޅައި ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރި އެވެ.
ބަރުދަން ލުއިކުރަން ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އެދެފި
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި