ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ޖަމިއްޔަތުއް ސަލަފުން ކުރިއަށް ގެންދާ ދަރުސް ސިލްސިލާ މިއަހަރު ހުއްދަ ނުދެވި އޮތީ އިދާރީ އޮޅުމަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ހުއްދަ ނުދީ ލަސްވެގެން އެ ޖަމިއްޔާއިން ކަންބޮޑުވުންފާޅުކުރުމުން އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަލަފުން އެދިފައިވާ ގޮތަށް އެ ޖަމްއިއްޔާއަށް ދަރުސް ގެންދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަމަށް ތައްޔާރުކުރި ލިޔުން އެ ޖަމިއްޔާއަށް ނުފޮނުވި ވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.
ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ސަލަފުން ދަރުސް ގެންދަމުން އަންނައިރު، އިއްޔެ އެ ޖަމްއިއްޔާއިން ބުނީ، ރޯދަ މަހު ފުރުގާން މިސިްކިތުގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންދަން ނިންމާ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދުނު ނަމަވެސް އިއްޔެގެ ނިޔަލަށް ވެސް އެމިނިސްޓްރީން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
"ޕީއެންސީން ވަކިވާން ބައެއް މަޖިލިސް މެންބަރުން ތިބީ ތައްޔާރަށް"
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ