މިނިސްޓަރު ފެންވަރުގައި ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު، ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ އެޑްވައިޒަރަކަށް ހަމަޖައްސަވައިފި އެވެ.
ހަމްދޫން އައްޔަން ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕްލޭނިންގެ މަސައްކަތުގެ އެޑްވައިޒަރަކަށެވެ.
ހަމްދޫން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ޔަމީންގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ސަފީރުކަން ވެސް ކުރެއްވި އެވެ. ހަމްދޫން އަކީ ކުރީގެ މަޖިލިސް ރައީސް އަދި މިނިސްޓަރުކަން ވެސް ގިނަ ދުވަސްތަކެއްގައި ކުރެއްވި އަބްދުﷲ ހަމީދުގެ ބޭފުޅެކެވެ.
މި ސަރުކާރުން ހަމްދޫން މަގާމަށް އައްޔަންކުރެއްވި ތާރީހާއި މުސާރަ އަދި އިނާޔަތުގެ އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް
ކެންސަރުގެ ފަރުވާއާ ބެހޭގޮތުން އާއްމުކޮށް ކުރެވޭ ކުށްހީ ތަކެއް!
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!