ފުލުހުން ކުރިއަށްގެންދިޔަ އޮަޕަރޭޝަނެއްގެ ފޮޓޯ ނެގުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކޮށްފި އެވެ.
ހުސައިން ހަސަނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސެވެ.
އޭނާ މިރޭ ހައްޔަރުކުރީ މައްޗަންގޮޅީގައި ފުލުހުން ޑްރަގް އޮޕަރޭޝަނެއް ހިންގި ވަގުތު އެމަންޒަރު ފޮޓޯ ނެގުމުންނެވެ.
މަންޒަރު ދުށް މީހުން ބުނީ ފޮޓޯ ނެގުން ފިޔަވައި އިތުރު ކަމެެއް ހުސައިން ނުކުރާ ކަމަށެވެ. އޭނާ ހައްޔަރުކުރި ފުލުހުން ގަބޫލުކުރާގޮތުގައި ފޮޓޯ ނެގުމަކީ ކުށެއް ކަމަށް އެ މީހުން ކިޔައިދިނެވެ. ނަމަވެސް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ފޮޓޯ ނެގުމަކީ ގާނޫނީގޮތުން މަނާ ކަމެއް ނޫނެވެ.
އެ އޮޕަރޭޝަން ކުރިއަށްދިޔަ ސަރަހައްދުގައި އެ ތަން ބަންދުކުރިކަން އަންގައި ޓޭޕް ދަމާފައިވެސް ނުވެ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
