ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި މިދިޔަ ހަފުތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ނަސްރީނާ އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އަދި ނަސްރީނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.
އުމުރުފުޅުން މިހާރު 74 އަހަރުގެ ނަސްރީނާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުން އަންނަ އޯގާތެރިކަމާއި އަޅައިލުމަށް މައުމޫނުގެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހެޔޮއެދޭ ފަރާތްތަކުންނައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮ ދުއާތަކާއި މެސެޖުތަކުން އާއިލާ އަށް ބޮޑު ހިިތްހަމަޖެހުމެއް ލިބެމުން އަންނާތީ އެކަމަށްޓަކައި ވެސް މައުމޫންގެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
ފުޅީގައި ވަނީ ވެލިދޫ އަބުޅޯގެ މޮޅު މަސައްކަތެއް!

އަވަސް ޝިފާ އަކަަށް އެދެން.