ސިއްހީ ހާލަތު ގޯސްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހީމް ގެއަށް ބަދަލުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި ނަސްރީނާ އެޑްމިޓްކުރީ މިދިޔަ ހަފުތާގަ އެވެ.
އުމުރުފުޅުން މިހާރު 74 އަހަރުގެ ނަސްރީނާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ދިން އޯގާތެރިކަމާއި އަޅައިލުމަށް މައުމޫނުގެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޓޭލާއާއި ޓްރެވިސް ކައިވެނި ކުރަން ތައްޔާރު ވަނީ؟
އެމެރިކާގެ އޮފިޝަލުންނަށް އިޒްރޭލުން ޖާސޫސް ކުރާ މައްސަލައެއް
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!
