ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރުއާއި އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން އެމީހުންގެ ދަރިންނާއެކު ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ކަރީނާ ރާއްޖެ އައިސްފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެހެން ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓެއް އެނގިފައެއް ނުވެ އެވެ.
އިންޑިއާގައި ފާހަގަކުރާ ދިވާލީ ޗުއްޓީއަށް ރާއްޖެ އައިކަން ޔަގީން ކޮށްދެމުން އިއްޔެ ކަރީނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއެއްގައި އޭނާ ރާއްޖޭގެ ގޮނޑުދޮށެއްގައި މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެނެ އެވެ.
އެ ޕޯސްޓުގައި އޭނާ ވަނީ ދިވާލީގެ ހެޔޮ އެދުންތައް ފޮނުވާފަ އެވެ. އޭގެ އިތުރުން ވެސް ކަރީނާ ވަނީ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ބައެއް ފޮޓޯތައް ދެ ދުވަސް ކުރިން ހިއްސާ ކޮށްފައިވެ އެވެ.
ކަރީނާއާއި ސައިފްއާއެކު އެ މީހުންގެ ދެ ދަރިން ކަމަށްވާ ތައިމޫރު އަލީ ޚާންއާއި ޖެހަންގީރް އަލީ ޚާން ވެސް ރާއްޖޭގައި މިވަގުތު އެބަތިބި ކަމަށް ބުނެވެ އެވެ.
ކަރީނާއާއި ސައިފްއަކީ އާއްމުކޮށް އެމީހުންގެ ޗުއްޓީ ހޭދަކުރަން ދިވެހި ރާއްޖެއަށް އަންނަ ދެމަފިރިންނެވެ. މީގެ ކުރިން އެ މީހުން އެންމެ ފަހުން ރާއްޖެއަށް އައިސްފައިވަނީ ކޮވިޑްގެ ކުރިން 2018 ވަނަ އަހަރު އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!