ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންގެ އެންމެ ފަހުގެ ޕްރޮޖެކްޓް ކަމަށްވާ މެޓައޭއައި ވޮއިސްއޯވާއާ ބެހޭގޮތުން އޭނާ ވާހަކަ ދައްކައިފި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މެޓަ އޭއައިގެ އަޑަކަށް ދީޕިކާ ހަމަޖެހި އެކަމަށް އޭނާ އަޑު އަޅައިދީފައިވާއިރު އެ އަޑުގެ ސަބަބުން ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ އަމާޒުވި ކަމަށް އޭނާ ބުންޏެވެ.
ދީޕިކާ ބުނީ އޭނާ ބޮލީވުޑަށް ތައާރަފްވި ފުރަތަމަ ދުވަސްތަކުގައި އޭނާގެ އަޑާއި ބަހުރުވަ އަދި ރާގު ހުންނަ ގޮތުން ގިނަ ބަޔަކު އޭނާއަށް މަލާމާތްކުރި ކަމަށެވެ.
އެހެން ނަމަވެސް އަހަރުތަކުގެ ތެރޭގައި ހަމަ އެ އަޑާއެކު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި މިއަދު އެ އަޑަކީ އޭނާގެ ޝަހުސިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް ވެސް ދީޕިކާ ބުންޏެވެ.
މެޓަ އޭއައިއާ ބެހޭގޮތުން ދީޕިކާ ބުނީ އެއީ ގިނަ ފުރުސަތުތަކެއް ހުރި ކަމެއް ކަމަށާއި އިންސާނުންނާ އޭއައި އަރާ ހަމަ ނުކުރެވޭނެ ހަމައެެކަނި ކަމަކީ އިހުސާސްތަކާއި ޖަޒުބާތުތައް ކަމަށެވެ.
2007 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ދީޕިކާއަކީ މިހާރު އެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ފުންނާބު އުސް އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!