ޑޮމެސްޓިކް ޓްރެވަލް ނުވަތަ އެތެރޭގެ އުދުހުންތަކަށް ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.
ޑިސްކައުންޓް ދޭން ނިންމާފައިވަނީ މިއަދުން ފެށިގެން ކުރިއަށް ގެންދާ ''ޕްރޮމޯޝަނަލް ފެއާ'' ގެ ދަށުންނެވެ.
އެ ޕްރޮމޯޝަންގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮން ދުވަހަކާއި ހަމައަށް ކަމަށް މޯލްޑިވިއަން އިން ބުނެ ފައެއް ނުވެ އެވެ. ނަމަވެސް ޕްރޮމޯޝަންގެ ދަށުން ގިނަ ބަޔަކު ޓިކެޓު ނަގާނަމަ، ޕްރޮމޯޝަން ދިގު ދެމިގެން ދާނެ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން އެކި ރަށްތަކަށް އަގުތައް ތަފާތު ވާނެ އެވެ. ރާއްޖޭގެ 15 އެއާޕޯޓަކަށް މޯލްޑިވިއަނުން ޑޮމެސްޓިކް ދަތުރު ކުރެ އެވެ.
މޯލްޑިވިއަނުން ޕްރޮމޯޝަން ފެށީ، ކޮވިޑް-19ގެ ދެ ވަނަ ޑޯޒު ޖެހުމަށްފަހު،މިމަހު 27ން ފެށިގެން ދަތުރު ކުރެވޭތީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށެވެ.
"ދަ އޮޑިސީ"އަށްފަހު ނޯލަންގެ މިސްރާބު ބިރުވެރި ފިލްމަކަށް!
އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފި
ސައުދީ އިން އިޒްރޭލާ އެއްބައިވުމުން ނަތަންޔާހޫގެ ތައުރީފު