ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 253 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 111 މީހަކު ޕޮޒިޓިވްވިއިރު، 61 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 64 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން 17 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއަދުގެ 253 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 26,920 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2,905 ގައި މިހާރު ހުރިއިރު 23,935 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
އެޗްޕީއޭ އިން ބުނީ މާލޭ ސިޓީގެ އިތުރުން ނައިފަރާއި ބ. މާޅޮސް، ތ. ވޭމަންޑޫ، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިލީގައި ކޮވިޑު ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެ އިތުރު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި
