ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑްގެ ވެކްސިން ނޫން އެހެން ބްރޭންޑެއްގެ ވެކްސިންއެއް ދެވަނަ ޑޯޒްގެ ގޮތުގައި ދިވެއްސެއްގެ ގަޔަށް ޖެހި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ދެ ބްރޭންޑެއްގެ ވެކްސިން ޖެހިކަމުގެ މައްސަލަ ފެންމަތިކުރީ އަބްދުލްމަތީން މޫސާ ނަމަކަށް ކިޔާ މީހާކެވެ. އޭނާ ގަޔަށް އެންމެ ފުރަތަމަ ޖެހީ ޗައިނާގެ ސިނަފޯމް ވެކްސިން އެވެ.ދެވަނަ ޑޯޒްގެ ގޮތުގައި އެމީހާގެ ގަޔަށް ޖަހާފައި ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އެވެ. އޭނާ ވެކްސިން ޖަހާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުންނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެކަން ހިނގައިދިޔަ ގޮތް މިއަދުގެ ޕްރެސް ބްރީފިންގައި ކިޔައި ދެއްވާނެ ކަމަށެވެ.
އެ މީހާގެ ގަޔަށް ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހީ އޮޅުމަކުން ކަމެއް ނުވަތަ ކާޑުގައި އެގޮތަށް އޮޅިގެން ޖެހުނީ ކަމެއް ސާފެއް ނުވެ އެވެ.
"ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރަކު ވަނީ ފެއިލް"
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް