އާއްމު ގޮތެއްގައި ހޫނު ގަދަކޮށް އޮންނަ ސައޫދީ އަރަބިއާގެ ހަނަފަސް ސަހަރާތަކަށް ސްނޯ ވެހި އެ ސަހަރާތައް އެއްކޮށް ހުދު ކޮށްލައިފި އެވެ.
ސައޫދީ އަރަބިއާގެ ސަހަރާތަކަށް ސްނޯ ފައިބާފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އެއީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށް ބުނަމުންނެވެ.
އެގޮތުން އެގައުމަކީ ހޫނުގަދަ މޫސުމެއް އޮންނަ ގައުމަކަށް ވެފައި ސްނޯ ވެހުމަކީ މަދުން ނޫނީ ނުވާ ކަމަކަށް ވާއިރު އެއީ މާތް ﷲގެ ކުޅަދުންވަންތަކަން ފެންނަ ހެއްކެއް ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ސައޫދީގެ އެކި ސަރަހައްދުތަކަށް ބޯކޮށް ސްނޯ ވެހި މަގުތައް އެއްކޮށް ވަނީ ހުދުވެފަ އެވެ. އެއާއެކު އެގައުމުގައި ދިރިއުޅޭ އާއްމުން ދަނީ ސްނޯގެ ތަޖުރިބާ ކުރަން އެކި ހަރަކާތްތަކުގައި ބައިވެރި ވަމުންނެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސައޫދީގެ އެކި ސަރަހައްދުތަކަށް ސްނޯ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެ އެވެ.
ސައޫދީއަށް ސްނޯ ފޭބުމަކީ މަދުން ނޫނީ ނުވާ ކަމެއް ނަމަވެސް މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެގައުމުގެ އެކި ސަރަހައްދުތަކަށް ސްނޯ ފައިބާފައިވެ އެވެ.
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި