މަޝްހޫރު ޒުވާން އެކްޓަރު ޓިމޮތީ ޗަލަމެޓްގެ ހުއްޓުމެއް ނެތް ތައުރީފާއި ޝުކުރު އޭނާގެ ބައިވެރިޔާ، ކައިލީ ޖެނާއަށް ބަންޑުން ކޮށްލައިފި އެވެ.
ޓިމޮތީ ކައިލީއަށް ޝުކުރު އަދާ ކޮށްފައި މިވަނީ މިފަހުން އޮތް ކްރިޓިކްސް ޗޮއިސް އެވޯޑުގައި އޭނާއަށް ލިބުނު އެވޯޑު ގަބޫލު ކުރަމުން ދެއްކި ވާހަކައިގަ އެވެ.
ޓިމޮތީގެ ވާހަކަ ފަށާފައިވަނީ އޭނާގެ ޓީމާއި ޑައިރެކްޓަރުންނަށް ޝުކުރު އަދާ ކުރަމުންނެވެ. އެހެން ނަމަވެސް ވާހަކަ ނިންމާލުމުގެ ކުރިން އޭނާ ވަނީ ކައިލީގެ ނަން ފާހަގަ ކޮށްފަ އެވެ.
"އެންމެ ފަހު ކަމަކަށް އަހަރެންގެ ތިން އަހަރުވީ ބައިވެރިޔާއަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރަން. އަހަރުމެންގެ މި ވަރުގަދަ ބިންގަލަށް ޝުކުރިއްޔާ" ޓިމޮތީ ބުންޏެވެ.
ޓިމޮތީއަށް އެވޯޑު ލިބުނުއިރު ކައިލީ އެ ހަފްލާގައި އިންކަން ފާހަގަކުރެވެ އެވެ. އޭނާ ވަނީ ޓިމޮތީއާއެކު ހަފްލާގެ ރެޑް ކާޕެޓުން ވެސް ފެނިފަ އެވެ.
ކްރިޓިކްސް ޗޮއިސް އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ޓިމޮތީއަށް ލިބުނީ "މާޓީ ސުޕްރީމް"ގައި އޭނާ ދައްކުވައިދިން އެކްޓިން އަށެވެ. އޭނާއާއެކު އެ އެވޯޑަށް ވާދަކުރި އެކްޓަރުންގެ ތެރޭގައި ލިއޮނާޑޯ ޑިކެޕްރިއޯ ވެސް ހިމެނެ އެވެ.
ފެންޝަން ފަންޑުގެ ހެޑް އޮފް އިންވެސްޓްމަންޓް އިސްތިއުފާ ދީފި
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް