އަދާލަތު ޕާޓީ ރިފޯމްކުރަން ނުކުންނެވިކަން މި ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު އިއުލާންކޮށްފި އެވެ.
އަދާލަތު ޕާޓީ ރިފޯމްކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އިއުލާންކުރެއްވިއިރު، އެ ޕާޓީ އަކީ މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ޕާޓީއެކެވެ. އަދި މި ސަރުކާރުގެ ވެރިންނަށް އެ ޕާޓީގެ އިސްވެރިން ގެންދަނީ ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލި ދެ ބޭފުޅުންގެ ތެރެއިން އިކްރާމް އަބްދުއްސައްތާރުގެ ނަން ހުށަހެޅުއްވީ ވެސް މުހައްމަދު މުއްތަލިބެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ މި ތެދުވީ އަދާލަތު ޕާޓީ ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކޮށް ރިފޯމްކޮށް ޕާޓީއާ މެދު މެންބަރުންގެ މެދުގައި އަލުން އިތުބާރު އުފެއްދުމަށް ކަމަށެވެ.
މުއްތަލިބަކީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ ބޭބެ އެވެ.
އަދާލަތު ޕާޓީން ނިންމާފައި ވަނީ ސަރުކާރު ޖަވާބުދާރީކުރުވާ ޕާޓީއެއްގެ ގޮތުގައި ދެމި އޮތުމަށެވެ. އެގޮތުން އެ ޕާޓީން އަންނަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވެސް ކިޔަމުންނެވެ.
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
