މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާގޮތުގައި ރުކުމާ އިސްތިއުފާދެއްވީ ސަރުކާރުގެ އެހެން މަގާމަކަށް ބަދަލުވުމަށެވެ.
މޯލްޑިވް ގޭހުގެ ހިންގުމުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރުކުމާ އެންމެ ފުރަތަމަ ހުންނެވީ ވެމްކޯގެ ޑީއެމްޑީގެ މަގާމުގަ އެވެ. އޭގެ ފަހުން ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރި އެވެ. މޯލްޑިވް ގޭހުގެ ޑީއެމްޑީއަކަށް އައްޔަންކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
ދުނިޔެ އަށް ފައިސާ ފޯރު ކޮށްދިން ރާއްޖެ، ފަގީރު ވީ ކިހިނެއް؟
އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފި
