އިޒްރޭލާއި ޕަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް އެ ދެ ގައުމުން ދައުވަތު ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ވެސް އެ ދައުވަތު ދެއްވި ކަމުގެ ސިޓީ ލިބިވަޑައިގެންފައި ވީ ނަމަވެސް އެ ކަމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެ ދެ ގައުމުން ދިން ދައުވަތާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހިތަށް ވަތް، އެންމެ ފުރަތަމަ ވިސްނުމަކީ މި ބާވަތުގެ ކަމެއް އަޅުގަނޑު ކުރިމައްޗަށް އައީމަ، އަޅުގަނޑު އަމަލު ކުރާނެ ގޮތަކީ ވީހާވެސް ގިނަ ބަޔަކާ އެ މައުލޫމާތު ހިއްސާކުރުމޭ. ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާންވީ ދިމާ،" ނަޝީދު ވިދާޅުވި އެވެ.
އެ ވާހަކަ ދެއްކެވުމުގެ ތެރޭގައި ނަޝީދު ވިދާޅުވީ، ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި އެމަނިކުފާނު ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އަދި ދިވެހި އެއްވެސް ރައްޔިތަކު އިންކާރު ނުކުރާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެދޭނީ ވެސް ފަލަސްތީނަށް ވެވެން އޮތް އެހީއެއް ވުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސަވާހިލި އައްޑޫގެ އިހްތިސާސުން ވަކިކޮށްފި
ސައުދީ އިން އިޒްރޭލާ އެއްބައިވުމުން ނަތަންޔާހޫގެ ތައުރީފު
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
ދެން ގޮސް ޒަޔަނިސްޓް ނަތަންޔާހޫ އަތުގަ ބޮސްދީ ސަޖިދަޖަހާ