މި ރޯދަމަހުގެ ފަހު 10ގައި ބޭންކުގެ ބީއެމްއެލްގެ ބްރާންޗުތައް ހުޅުވާނީ މި މަހުގެ 11 އަދި 18ގައި ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދެވެ. ނަމަވެސް، ބީއެމްއެލް އިން މިއަދު ބުނީ ރޯދަމަހުގެ ފަހު 10ގައި ދެ ދުވަހު އެ ބޭންކުގެ ބްރާންޗުތައް ހުޅުވާނެ ކަމަށެވެ.
މި މަހުގެ 11 އަދި 18ގައި ބޭންކުގެ ބްރާންޗުތައް ހުޅުވާނީ ހެނދުނު 9:30 އިން މެންދުރު 12:30އަށް
ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ބްރާންޗުތައް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30އަށް ހުޅުވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބޭންކު ބަންދުކޮށްފައި ހުރި ކަމުގައި ވިޔަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން ކޮންމެއިރަކު ވެސް ހިދުމަތް ލިބޭނެ އެވެ.
"ލޮކް އަޕް"ގައި ވެސް ހީނާއާއި ޝިލްޕާގެ ވަރުގަދަ ކުރިމަތިލުމެއް!
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
މާރާމާރީގެ މައްސަލާގައި ކްރިސް ކުށަށް އިއުތިރާފް ވެއްޖެ
