އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ ފައިސާ އެމެރިކާގެ ސަރުކާރުގައި އެބަހުރި ކަމަށާއި، އެކަމަށްޓަކައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ނުޖެހޭނެ ކަމަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެ އެވެ.
އެންބީސީ ނިއުސްގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބެސެންޓް ވިދާޅުވީ، މި ހަނގުރާމައަށް ހަރަދުކުރާނެ ވަރަށް ގިނަ ފައިސާ އެބަހުރި ކަމަށެވެ. އަދި ޕެންޓަގަންއިން ހުށަހަޅާފައިވާ 200 ބިލިއަން ޑޮލަރުގެ ސަޕްލިމެންޓަރީ ބަޖެޓަކީ އަސްކަރިއްޔާގެ ކުރިމަގުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ފައިސާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބެސެންޓް އިތުރަށް ވިދާޅުވީ ރައީސް ޓްރަމްޕްގެ ފުރަތަމަ ދައުރެކޭ އެއްގޮތަށް މި ދައުރުގައި ވެސް އަސްކަރިއްޔާ ވަރުގަދަކުރަމުންދާ ކަމަށެވެ. އަދި ރައީސް ބޭނުންފުޅުވަނީ ކުރިއަށް އޮތް ތަނުގައި ވެސް އަސްކަރިއްޔާއަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، 200 ބިލިއަން ޑޮލަރުގެ އަދަދު އޭނާ ރަސްމީކޮށް ކަށަވަރުކޮށްދެއްވާފައެއް ނުވެ އެވެ.
މި ސަޕްލިމެންޓަރީ ބަޖެޓަށް އެމެރިކާގެ ކޮންގްރެސްގެ ތެރެއިން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ހާއްސަކޮށް ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ދަނީ މިދިޔަ އަހަރު އަސްކަރިއްޔާއަށް ބޮޑު ބަޖެޓެއް ދީފައިވަނިކޮށް، އިތުރު ފައިސާ ބޭނުންވާ ސަބަބާ މެދު ސުވާލު އުފައްދަމުންނެވެ.
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ
ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަން ރުފިޔާ
ދުޅަހެޔޮ ހިތަކަށް އުފުލަންވީ ބަރު: އާ ދިރާސާއަކުން ހޯދުންތަކެއް!