ގއ. ދާންދޫގައި އެލާޖިކެއް ވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހަކު ރޭ ނިޔާވެއްޖެ އެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ރޭ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހަކު އެލާޖިކްވެގެން ނިޔާވެފައިވާ ކަމަށެވެ.
އެލާޖިކެއް ވެގެން އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރޭ 9:00 ހާއިރު އެވެ.
އުމުރުން 41 އަހަރުގެ އެ އަންހެން މީހާ އެލާޖިކްވީ ސީދާ ކޯނޗަކަށް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ނިޔާވީ ދާންދޫ ސިއްހީ މަރުކަޒުގެ މުވައްޒަފެކެވެ.
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ޝާހްރުކް ޚާން މިފަހަރު ފެނުނީ މުޅިން ތަފާތުކޮށް!
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟