ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށް ދާދި ފަހުން ކުރެވުނު ތަޖުރިބާއަކާއެކު އޭނާގެ ސަލާމަތާމެދު ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.
ދާދި ފަހުން ބޭއްވި އިވެންޓަކަށް ދިޔަ ސަލްމާން އެ ސަރަހައްދުން ނުކުންނަން އުޅުމުގެ ތެރޭގައި ގިނަ ބަޔަކު ވަނީ އޭނާ ވަށާލައި މަގު ބަންދު ކޮށްފަ އެވެ.
މި ހާދިސާގައި ސަލްމާންއަށް މާ ބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް އެފަދަ ކަމެއްގައި އޭނާއަށް ނުރައްކާ ވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދައުރުވަމުން އަންނައިރު އެ ވީޑިއޯގައި ސަޕޯޓަރުން ކޮންޓްރޯލް ކުރަން ސަލްމާންގެ ހަށިފާރަވެރިން މަސައްކަތްކުރި ނަމަވެސް އެކަމުގައި ނާކާމިޔާބުވާ މަންޒަރު ފެނެ އެވެ.
އެ ހާދިސާ ހިނގާފައި މިވަނީ މިފަހުން ސަލްމާން މަރާލާނެ ކަމަށް ބުނެ އޭނާއަށް މަރުގެ އިންޒާރު ވެސް ލިބިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެ އެވެ.
މި ހާދިސާއާއެކު ސަލްމާންގެ ބައެއް ސަޕޯޓަރުން ވަނީ އޭނާގެ ސެކިއުރިޓީގެ ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަން ހަރުދަނާ ކުރަންޖެހޭ ކަމަށް ބުނެފަ އެވެ.
އެލާމް ގަޑިތަކުގެ ކުރިން ހެނދުނު ހޭލަނީ ކިހިނެއް؟
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ