މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގައުމުގެ ކަންކަން މެނޭޖް ކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި އެވެ.
އެ ކޮމިޓީގެ ޗެއާ އަކަށް ހަމަޖެއްސެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ދެން އެ ކޮމިޓީގައި ތިއްބަވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން އެވެ.
އެ ކޮމިޓީގެ ޗެއާއަކަށް ކުރިން ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އެ ކޮމިޓީއަށް ބަދަލު ގެނައީ ދާދިފަހުން ކެބިނެޓަށް ރައީސް މުއިއްޒު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެވެ. ކުރިން އެ ކޮމިޓީގައި ތިއްނެވީ ނުވަ ވަޒީރުންނެވެ.
ރައީސް މުއިއްޒު އެ ކޮމިޓީ އެކުލަވާލިޔަސް ކައުންސިލް އިންތިހާބު ނިމެންދެން ތިބީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ގާނޫނީ ވަކީލު ކަމުގެ އިމްތިހާނު ދެން ހަދަންޖެހޭނީ ފިޒިކަލްކޮށް
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުނުކުރާ މައްސަލަ މަޖިލީހަށް
