ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، މިދިޔަ ހޮނިހިރު ދުވަހު މަރުވި އެމްއެންޑީއެފްގެ ޑައިވަރު މުހައްމަދު މަހުދީ މަރުވި ގޮތް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މަހުދީއަކީ ސިފައިންގެ ތެރޭގައި ހުރި އެންމެ ތަޖުރިބާކާރު އަދި ކުޅަދާނަ އެއް ޑައިވަރެވެ.
އޭނާ މަރުވާން މެދުވެރިވި ހާދިސާ ހިނގީ ރާއްޖޭގައި ޑައިވްކުރުން ހުއްދަ މިންވަރަށް ވުރެ މާ ފުނުގައި އޮތް، ނުރައްކާތެރި ހޮހޮޅައަކަށް ވަދެ އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ހޯދުމުގެ ތެރޭގަ އެވެ. އެ ފުން މިނުގައި އުޅުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަހުދީ ނިޔާވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މަހުދީގެ މަރަށްފަހު ވަގުތީ ގޮތުން މަސައްކަތް ހުއްޓާލި ނަމަވެސް، ފިންލޭންޑުގެ މާހިރުންގެ އެހީތެރިކަމާއެކު އަލުން މަސައްކަތް ފަށައި، ހޮހޮޅައިގެ ތެރެއިން އިޓަލީ މީހުންގެ ހަށިތައް މިހާރު ވަނީ ނަގާފަ އެވެ.
ފުލުހުން މިރޭ ބުނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. މި ތަހުގީގަކީ މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކުގައި އަމަލުކުރާ އުސޫލުތަކާއި، ހާދިސާ ހިނގި ވަގުތު ކަންތައްވީ ގޮތް ސާފުކުރުމަށް ހިންގާ ތަހުގީގަކަށް ވުން އެކަށީގެންވެ އެވެ.
ގޮންޖެހުން ތަކާއެކު ވެސް ކާންޔޭގެ ކާމިޔާބު ކޮންސެޓެއް!
ނިއުކްލިއާ ޕްރޮގްރާމް ހުއްޓާނުލާނަމަ އީރާނަށް ލުޔެއް ނެތް: ރޫބިއޯ
ބަލަގަ ތިޔައީ މާކަ ބޮޑު ތަހުގީގެއް ކުރަން ޖެހޭވަރުގެ ކަމެއް ނޫން! ސިފައިން އަމިއްލައަށް މުޅި ދުނިޔެއަށް ދެއްކި ވީޑިއޯއެއްގައި ފެންނަނީ ކުޑަކުޑަ ފުޅިއެއް އަޅާފަ އަތުން ރެކްރިއޭޝަނަލް ސައިޑް މައުންޓު ފުޅިއެއް ހިފައިގެން ފުންމާލާތަން!! މިލިޓަރީ ޑައިވިންގ ހަދާފަ ހުރިޔޭ ކިޔައިގެން ބައިސާ ކެނޑިއިރު މިކަހަލަ ނާގާބިލު ގޮތެއްގައި ހުރި ފީކަޅާ ވަސީލަތްތައް ބޭނުންކޮށްގެން 60މީޓަރު އަޑިޔަށް ޖެހިފައި އައިސް މީހަކު މަރުވީމާ އެއީކީ މާބޮޑެތި ތަހުގީގުތަކެއް ކުރަންޖެހޭ ވަރުގެ ކަމެއް ނޫން!!