މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި އެމެރިކާގެ ފުޓްބޯޅަ ތަރި ޓްރެވިސް ކެލްސީގެ ލޯބީގެ ގުޅުމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ އެމީހުން ކައިވެނި ކުރާނީ ކޮން އިރަކުންތޯ ކުރެވޭ ސުވާލެވެ.
މި ސުވާލުގެ ޖަވާބު ހޯދަން އެތައް ބަޔަކު މަސައްކަތް ކުރާއިގު ބައެއް ބައިނަލްއަގުވާމީ މީޑިއާތަކުން މިހާރު ދަނީ މި ދެ ތަރިންގެ ކައިވެނީގެ ރޭވުންތަކާ ބެހޭގޮތުން ތަފާތު ހަބަރުތައް ފަތުރަމުންނެވެ.
ޓޭލާ އާއި ޓްރެވިސްގެ ގުޅުމަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެމީހުންގެ ގާތް ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދޭ ގޮތުގައި މި ދެ ތަރިން ވެސް ތިބީ އެކަކު އަނެކަކީ އެމީހުންގެ ހަޔާތުގެ ބައިވެރިޔާކަން ޔަގީން ކޮށްގެންނެވެ.
އެއާއެކު ކައިވެނި ކުރުމުގެ ވިސްނުން ދެމީހުންގެ ވެސް އެބަހުރި ކަމަށްވެ އެވެ. ނަމަވެސް، ޓޭލާގެ "އިރާސް ޓުއާ"ގެ ބިޒީ ޝެޑިއުލްގެ ސަބަބުންނާއި ޓްރެވިސްގެ ފުޓްބޯޅަ ސީޒަންގެ މަސައްކަތްތައް ހުރި ގޮތުން ކައިވެނީގެ ކަންކަން އަވަސް އަރުވާލައިގެން ކުރާކަށް އެމީހުން ބޭނުމެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޓްރެވިސް ދަނީ ޓޭލާއަށް ކައިވެނި ހުށަހެޅުމަށް އެންމެ ފުރިހަމަ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. ބައެއް މަސްދަރު ތަކުން ބުނާ ގޮތުގައި އެންގޭޖްމަންޓްގެ ކަންކަން މާ ލަސްތަކެއް ނުވެ ފެނުން އެކަށީގެންވެ އެވެ. ނަމަވެސް، ރަސްމީ ކައިވެނީގެ ހަފްލާ އޮންނާނީ ދެ ފަރާތުގެ މަސައްކަތްތައް ކުޑަކޮށް ހަމައަކަށް އެޅުމުންނެވެ.
ޓޭލާގެ ސަޕޯޓަރުން ނުވަތަ "ސްވިފްޓީސް" ވެސް ތިބީ މި ހަބަރު އަޑު އެހުމަށް ކެތްމަދުވެފަ އެވެ. ސޯޝަލް މީޑިއާގައި މިހާރުވެސް އެމީހުންގެ ކައިވެނީގެ ހެދުމާއި ހަފްލާ ބާއްވާނެ ގޮތްގޮތާ ބެހޭ ގޮތުން ފޭނުން ދަނީ ތަފާތު ހިޔާލުތައް ފާޅު ކުރަމުންނެވެ.
މިހާތަނަށް ދެ ތަރިންގެ ފަރާތުން ކައިވެނީގެ ވަކި ތާރީހެއް ރަސްމީކޮށް އިއުލާން ކޮށްފައި ނުވި ނަމަވެސް، އެމީހުންގެ ގުޅުން ދުވަހުން ދުވަހަށް ވަރުގަދަ ވަމުންދާކަން އެކުގައި ހޭދަކުރާ ވަގުތުތަކުންނާއި މީޑިއާތަކަށްދޭ އިންޓަވިއުތަކުން ސާފުކޮށް އެނގެ އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
ހިތަދޫ އުތުރު ބައި އިލެކްޝަންގައި ޕީއެންސީން ފައިސާ ބެހި!