ޕޮޕް ސުޕަރސްޓާ އަރިއާނާ ގްރާންޑޭ، 2019 ވަނަ އަހަރުގެ ފަހުން ބާއްވާ އޭނާގެ ފުރަތަމަ ބޮޑު ކޮންސެޓް ޓުއާ "ދަ އިޓާނަލް ސަންޝައިން ޓުއާ" ކެލިފޯނިއާގެ އޯކްލޭންޑް އެރީނާގައި ރަސްމީކޮށް ފަށައިފި އެވެ.
މިއީ ހަތް އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު އަރިއާނާ ލައިވް ކޮންސެޓް ސްޓޭޖަކުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި ފޯރިގަދަ އޯޕަނިން ޝޯގައި އެރިއާނާ ވަނީ ޖުމްލަ 23 ލަވައެއް ހުށަހަޅައިދީފަ އެވެ. ޝޯގެ ބޮޑު ބައެއް ބި ނާކޮށްފައިވަނީ އޭނާގެ އެންމެ ފަހުގެ ހިޓް އަލްބަމްގެ މައްޗަށެވެ.
އެ އަލްބަމްގެ 11 ލަވައެއް ކޮންސެޓްގައި ކިޔާފައި ވާއިރު، މީގެ އިތުރުން "ޕޮޒިޝަންސް" އަދި "ތޭންކްޔޫ ނެކްސްޓް" ފަދަ އޭނާގެ ކުރީގެ މަގުބޫލު އަލްބަމްތަކުގެ ހިޓް ލަވަތައްވެސް ހިމަނާފައިވެ އެވެ.
މި ކޮންސެޓްގެ އެންމެ ހާއްސަ އެއް ކަމަކީ، އަދި ރިލީޒް ނުކުރާ އޭނާގެ ކުރިއަށް އޮތް އާ އަލްބަމް "ޕެޓަލް" ގައި ހިމެނޭ ލަވައެއް ފުރަތަމަ ފަހަރަށް މި ޝޯވްގައި ލައިވްކޮށް ކިޔައިދިނުމެވެ.
މީގެ އިތުރުން ޝޯގެ ވިޝުއަލްސް ބިނާ ކޮށްފައިވަނީ މަޝްހޫރު ފިލްމު "ދަ ވިޒާޑް އޮފް އޮޒް " އާއި އޭނާގެ މިއުޒިކަލް ކުރު ފިލްމު "ބްރައިޓާ ޑޭސް އަހެޑް"ގެ ތީމްތަކަށެވެ. ސިނަމެޓިކް ވީޑިއޯ އިންޓަލޫޑްތަކާއެކު ޝޯވް ގެނެސްދީފައިވަނީ މައިގަނޑު 5 ބަޔަކަށް ބަހާލައިގެންނެވެ.
ޝޯ ނިންމާލަމުން އަރިއާނާ ވަނީ ޔޫއެފްއޯއެއްގެ ބައްޓަމަށް ތައްޔާރު ކޮށްފައިވާ މޫވިން ލައިޓް ރިގަކަށް އަރައި، އާދަޔާހިލާފު ހުށަހެޅުމަކާއެކު ބެލުންތެރިން އަންތަރީސް ކޮށްލާ ފައެވެ. ޝޯއަށްފަހު އިންސްޓަގްރާމްގައި ޝުއޫރު ފާޅު ކުރަމުން އަރިއާނާ ބުނީ، ސަޕޯޓަރުން މަތިން ވަރަށް ހަނދާންވި ކަމަށާއި މި އިހުސާސްތައް ބަހުން ބަޔާން ކުރަންވެސް ނޭނގޭ ކަމަށެވެ.
މި ޓުއާއަކީ އަރިއާނާ ބޮޑުސްކްރީނުން ފެނުނު "ވިކެޑް" ފިލްމުގެ ގްލިންޑާގެ ރޯލުން ފެނުމަށްފަހު، އަލުން މިއުޒިކް ސްޓޭޖަށް އެނބުރި އައިސް ބާއްވާ ފުރަތަމަ ޓުއާ އެވެ. ޖުމްލަ 41 ޝޯވް ހިމެނޭ މި ބޮޑު ޓުއާގެ ޝޯތައް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ކުރީކޮޅާ ހަމައަށް އެމެރިކާގެ އެކި ސިޓީތަކުގައާއި ލަންޑަނުގެ މަޝްހޫރު އޯޓޫ އެރީނާގައި ކުރިއަށްދާނެ އެވެ.
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!
އިސްރާއީލުން ދިން ހަމަލާތަކާއެކު ތެލުގެ އަގު އުފުލިއްޖެ
ސިކުނޑީގެ ޓިއުމަރެއްގެ ފުރަތަމަ އަލާމާތްތައް!