ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މެންބަރުން ގުޅުއްވުމުން ފޯނަށް ޖަވާބުދެއްވުމަށް، ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ފޯނު ކޯލުތަކާއި މެސެޖުތަކަށް ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ޖަވާބުނުދެއްވާތީ، އެ މެންބަރުންގެ މެދުގައި ނުރުހުން އުފެދިފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުއްވާފަ އެވެ. އެމަނިކުފާނު އެޑްމިންކަން ކުރައްވާ އެ ގްރޫޕަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި މެސެޖުގައި، މެންބަރުންނަށް ޖަވާބުދާރީވުމަށް ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށް އަންގަވާފައިވާނެކަން ވަނީ ވިދާޅުވެފަ އެވެ.
ޕީއެންސީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، މަޖިލިސް މެންބަރުން ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށް ގުޅުއްވަނީ މައިގަނޑު ގޮތެއްގައި ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގަ އެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއި، ދާއިރާތަކުގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުން ހިމެނެ އެވެ. ބައެއް މެންބަރުން އަމިއްލަ ކަންކަމުގައި ގުޅުއްވި ނަމަވެސް، ގިނަ ކޯލުތަކަކީ ރައްޔިތުންގެ ފަރާތުން މެންބަރުންނަށް ހުށަހެޅޭ ޝަކުވާތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަން އޮފިޝަލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާއިރު، އެ ކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދޭނީ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"
ޓޮމްއާއި ޒެންޑާޔާ ކައިވެނި ކުރިކަން އެންމެ ފަހުން ޔަގީން ކޮށްދީފި
ކޭންގެ ދެ ލަނޑާއެކު އިންގްލެންޑަށް ވަރުގަދަ ފެށުމެއް

ޕީއެންސީ މެމްބަރުންނާ ޕީއެންސީ މަޖިލިސް މެމްބަރުން، މީ ދެބަޔެއް
ރިޕްލައި