އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުގެ މަގާމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވާކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި އެ މަގާމަށް އައްޔަނުކުރެއްވި ޒިޔަތު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ތެރޭގައިކަން ވަނީ އެނގިފަ އެވެ. މަގާމުގައި އެންމެ ދެ މަހެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު އޭނާ ވަކިވެވަޑައިގަތީ ކުންފުނީގެ މަތީ ފަންތީގެ ބޯޑަށް ބޮޑު ބަދަލެއް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް ޒިޔަތު އޭރު އައްޔަންކުރި އެވެ. ނަމަވެސް، މެއި 1 ގައި އެމްޕީއެލްގެ ބޯޑުން ޒިޔަތު ވަކިކޮށް، އެމްއޭސީއެލް ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާނަށް ވަނީ އެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަން ދީފަ އެވެ. ބޯޑުން އޭނާ ވަކިކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމުން، މިއީ ކުންފުނީގެ އެތެރޭގެ ބާރުވެރިކަމާއި ހިންގުމުގެ ސިޔާސަތަށް އައި ބަދަލުތަކަކާ ގުޅިގެން ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެ އެވެ.
ޒިޔަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ވެސް ކުރެއްވާފައިވާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެހެންކަމުން އޭނާ ފަދަ ސީނިއާ ބޭފުޅަކު އެމްޕީއެލްގެ ބޯޑުން ވަކިކޮށް، މަގާމުން ދުރުވާން ޖެހުނު ސަބަބުތަކާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ބުރަކަށީގެ ރިހުން ނުފިލަނީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން؟
މިނިސްޓްރީއާ ދެމެދު އޮތް މައްސަލަ ހައްލުކުރަން އެލްޖީއޭއަށް
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ