ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރަން ދެކޮޅު ހަދަމުންދާތީ އާއި ކައުންސިލްގެ ސިޓީތަކަށް ވެސް ޖަވާބުދެމުން ނުދާތީ އެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
މާލޭގެ ލޯކަލް އަދި މަސްމާރުކޭޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއަށް ކައުންސިލުން ހުރަސްއަޅަމުންދާ ކަމަށް ސަރުކާރާއި ހައުސިން މިނިސްޓްރީން ބުނާ ބުނުންތަކާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެކަމުގެ އަސްލު ސަބަބުތައް ރަސްމީ ބަޔާނެއް މެދުވެރިކޮށް އާންމުކޮށްފަ އެވެ. ކައުންސިލުން ބުނާ ގޮތުގައި ބިން ހަވާލުނުކުރެވި އޮތީ ހުރަސް އެޅުމުގެ ނިޔަތެއްގައެއް ނޫނެވެ. ބިން ހަވާލުކުރުމުގެ ކުރިން ހައްލުކުރަންޖެހޭ ގާނޫނީ ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ.
މި މަޝްރޫއަކީ މީގެ ކުރިން ދެ ފަރާތަކާ ހަވާލުކޮށް، އެއްބަސްވުންތަކެއް ހަދާފައިވާ މަޝްރޫއެކެވެ. ގާނޫނީ ހަމަތަކުގެ މަތިން އެ ދެ އެއްބަސްވުން ރަސްމީކޮށް ބާތިލްނުކޮށް، ތިންވަނަ ފަރާތަކާ ބިން ހަވާލުކޮށްފިނަމަ ބޮޑެތި ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ އެވެ.
ހައުސިން މިނިސްޓްރީން މިހާރު މި މަސައްކަތް ތިންވަނަ ބަޔަކާ ހަވާލުކޮށްފައި ވަނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި އެ ބިމަކީ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ބިމަކަށް ވާތީ، މަސައްކަތް ހަވާލުކުރި ކުންފުނީގެ މައުލޫމާތާއި މަޝްރޫއުގެ ތަފްސީލު ހިއްސާކުރަން އެދުމުންވެސް މިނިސްޓްރީން ވަނީ އެކަމަށް އިޖާބަދޭން ދެކޮޅު ހަދާފަ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ހަމައެއާއެކު މިނިސްޓްރީން ކައުންސިލަށް އަންގާފައި ވަނީ ހަމައެކަނި ލިޔެކިޔުމުން މުއާމަލާތް ކުރުމަށެވެ. އެކުގައި ބައްދަލުވުންތަކަށް މިނިސްޓްރީން އިންކާރު ކުރާއިރު، ކައުންސިލްގެ ރަސްމީ ޖަލްސާއިން ނިންމާފައި ވަނީ ގާނޫނީ ހުރަސްތައް ނައްތާނުލާ ބިން ހަވާލުނުކުރުމަށެވެ.
މިކަމުގައި ހައުސިން މިނިސްޓްރީން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ، ކައުންސިލުން މިހާރު ވަނީ އެލްޖީއޭއިން މެދުވެރިއެއްގެ ދައުރު އަދާކޮށް، ގާނޫނީ އިމުގެ ތެރެއިން ކަންކަން ވިލަރެސްކުރަން މަގުފަހިކޮށްދިނުމަށް އެދިފަ އެވެ. މާލޭގެ ލޯކަލް އަދި މަސް މާރުކޭޓަކީ އާންމު މަސްލަހަތާ ގުޅިފައިވާ، ކައުންސިލްގެ ޕްލޭންގައި ވެސް ހިމެނޭ މުހިންމު ތަނަކަށްވާތީ، ގާނޫނީ ހަމަތަކުގެ މަތިން މި މަޝްރޫއު ކުރިއަށް ގެންދަން ކައުންސިލްގެ ފުރިހަމަ ތާއީދު އޮތްކަން ބަޔާނުގައި ވެސް ވަނީ ސާފުކޮށްދީފަ އެވެ.
ޖަރުމަން ދެވަނަ ބުރަށް ގޮސްފި
ތިންވަނަ ދަރިފުޅަށް އޭން ހެތަވޭ ބަނޑު ބޮޑު!
އާއްމުކޮށް ބަނޑު ހަރުވުމަކީ ނުރައްކަލުގެ ރަނގަބީލެއް!
ޢާޒިމާ މުއްތަލިބާ ދެމީހުން ކުޅޭ ވޯލްޑްކަޕް މެޗް މޮޅުވާނީ
ރިޕްލައި