ބޮލީވުޑްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް މައްސަލައަކީ 2003 ވަނަ އަހަރު ވިވެކް އޮބެރޯއީ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެކެވެ. އެ ބައްދަލު ވުމުގައި އޭނާ ވަނީ ސަލްމާން ހާންގެ ފަރާތުން އޭނާއަށް އިންޒާރު ތަކެއް ލިބެމުންދާ ކަމަށް ބުނެފަ އެވެ.
މި ހާދިސާއަށްފަހު ބޮލީވުޑްގެ ގިނަ ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވަނީ ވިވެކްއާއެކު މަސައްކަތް ކުރުން ހުއްޓާލައި، ބޮލީވުޑުން އޭނާ އެކަހެރިކޮށް "ބޮއިކޮޓް" ކޮށްފަ އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެ ތަޖުރިބާ ހިއްސާ ކުރަމުން ވިވެކް ބުނީ އެ އުނދަގޫ ދަނޑިވަޅުގައި އޭނާއަށް އެހީގެ އަތެއް ދިއްކޮށްލީ މަޝްހޫރު ތަރި އަކްޝޭ ކުމާރު ކަމަށެވެ.
ވިވެކް ކިޔައިދިން ގޮތުގައި، ފިލްމުތަކުން އޭނާ ބާކީ ކޮށްލުމުން އާމްދަނީ ހޯދާނެ އެހެން މަގެއް ނެތިފައި ހުއްޓާ، އަކްޝޭ އޭނާއަށް ގުޅި އެވެ.
"އަކްޝޭ އަހަންނަށް ގުޅާފައި ބުނީ މާބޮޑަށް ނުވިސްނުމަށާއި މިއީ ދިރިއުޅުމުގެ މަރުހަލާއެއް ކަމަށާއި މިދުވަސް ވެސް ހިނގައިދާނޭ. އޭނާއަށް ލިބިފައި ހުރި ބައެއް ބޮޑެތި ސްޓޭޖް ޝޯތަކާއި އެވޯޑް ހަފުލާތަކުގެ ޕާފޯމަންސްތައް އަހަންނަށް ދޭން ބޭނުންވާ ކަމަށް އޭނާ ބުނި" ވިވެކް ބުންޏެވެ.
އަކްޝޭ ވަނީ އޭނާގެ އަމިއްލަ ޝޯތައް ވިވެކްއަށް ބަދަލު ކޮށްދީ، އޭގެއިން ލިބޭ ފައިސާ ވިވެކްއަށް ލިބޭނެ ގޮތް ހަދައިދީފަ އެވެ. މިއީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ވިވެކްއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
ވިވެކް ބު ނިގޮތުގައި، އޭނާގެ އަތުގައި ހުނަރު ހުރި ނަމަވެސް އަދި ފިލްމުތައް ކާމިޔާބުވަ މުން ދިޔަ ނަމަވެސް، ސިޔާސީ ނުފޫޒެއްގެ ސަބަބުން އޭނާއަށް ލިބެން ހުރި ފިލްމުތައް ކުއްލިއަކަށް އަތުލެވެމުން ދިޔަ އެވެ.
އެހެން އެއްވެސް މީހަކު އޭނާއާ ވާހަކަ ދައްކަންވެސް ބިރުގަތް ދުވަހަކު ނުފޫޒުތަކަށް ބެލުމެއް ނެތި އިންސާނިއްޔަތުކަން އިސްކުރި ހަމައެކަނި ތަރިއަކީ އަކްޝޭ ކަމަށްވިވެކް ފާހަގަކުރިއެވެ.
ވިވެކް އޮބެރޯއީ ބުނިގޮތުގައި ބޮލީވުޑަކީ ބައެއް ފަހަރު ވަރަށް ރަހުމުކުޑަ ތަނެކެވެ. ނަމަވެސް އަކްޝޭ ކުމާރު ފަދަ "ރަން ހިތެއް" ހުންނަ މީހުން އުޅޭތީ، އެ ދާއިރާގައި އަދިވެސް އުންމީދު އެބައޮ ތެވެ. އޭނާ ބޮއިކޮޓްކުރި ދުވަސްވަރު އަކްޝޭ ވެދިން އެހީތެރިކަމަކީ ދުވަހަކުވެސް ހަނދާނުން ފޮހެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.
ވިވެކްއާއި ސަލްމާންއާ ދެމެދު ގުޅުން ގޯސްވެ މައްސަލަ ބޮޑުވީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އައިޝްވާރްޔާ ރާއީއާ ވިވެކް ލޯބީގެ ގޮތުން ގުޅުމުންނެވެ.
ހިމަބިއްސާ ގުޅޭ ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް
ނޯލަންގެ "ދަ އޮޑިސީ"އަށް ހޮލީވުޑްގެ ފެހި ސިގްނަލް!