ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ދިރާގުގެ "ވިން 2 ސްޕީޑް ބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑް ބޯޓް ލިބޭ ނަސީބުވެރިޔާ އިއުލާނުކޮށްފި އެވެ.

މި ނަސީބުވެރި ފަރާތް ހޮވައިފައިވަނީ، "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރިގަދަ އިވެންޓެއްގަ އެވެ.

ދިރާގު މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ހާސިލްކުރި ފަރާތަކީ މާލެއަށް ނިސްބަތްވާ މުހައްމަދު ޔޫސުފެވެ.

މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިން ވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަންކޮށްފަ އެވެ. މި ގޮތުން ނެކްސާ މޯލްޑިވްސް އިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވެފަ އެވެ.

"ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ބޭއްވި ހާއްސަ އިވެންޓުގައި އެކަތި ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިއުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފަ އެވެ. މި އިވެންޓްގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީވީއެމް އާއި އެސްއެސްޓީވީ، އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށްފަ އެވެ.

ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޏެވެ.