ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން އެތައް ބަޔަކު ކަނޑާލަން ނިންމައި ބައެއް މުވައްޒަފުންނަށް އީމެއިލް ފޮނުވަން ފަށައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރަން ޕީސީބީން އެންގި އެންގުމާ ގުޅިގެން، ޖުމްލަ 2،000 އަށްވުރެ ގިނަ މުވައްޒަފުން އުޅޭ އެޗްޑީސީން މިހާރު ދަނީ މަގާމުތައް އުވާލަމުންނެވެ. ވަޒީފާއިން ވަކިކުރާ މީހުންގެ ސީދާ އަދަދެއް އަދި ސާފުނުވި ނަމަވެސް، މަގާމު އުވާލިކަމުގެ ނޯޓިސް ލިބުނު މުވައްޒަފުންގެ ތެރޭގައި ގިނައީ ވެރިކަންކުރާ ޕާޓީއާ ސިޔާސީ ގޮތުން ޚިޔާލުތަފާތުވާ ފަރާތްތައް ކަމަށް މައުލޫމާތު ލިބެ އެވެ.
މި ބަދަލާއެކު ކުންފުނިން ވަކިވާން ބޭނުންވާ ފަރާތްތަކަށް ޖުލައި 12 ގައި ފުރުސަތު ހުޅުވާލާފައި ވާއިރު، މަގާމު އުވާލި މުވައްޒަފުންނަށް ވޮލަންޓަރީ ރިޓަޔަމަންޓަށް ހުށަހެޅުމަށް ދީފައި ވަނީ ވަރަށް ކުރު މުއްދަތެކެވެ. އެގޮތުން މާދަމާ މެންދުރު 12:00 ގެ ކުރިން އަމިއްލައަށް ވަޒީފާއިން ވަކިވާން ނޭދޭ މުވައްޒަފުން، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ވަޒީފާއިން ވަކިކުރާނެ ކަމަށް އެޗްޑީސީގެ ރަސްމީ އީމެއިލްގައި ވަނީ ބަޔާންކޮށްފަ އެވެ.
އެގޮތުން ވަޒީފާ ދޫކޮށްލަން ބޭނުންވާ މުވައްޒަފުން އޮންލައިން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ ހަފުތާގެ ހޯމަ ދުވަހެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މި ސިޔާސަތުގެ ދަށުން، އެޗްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް 8،000 އެއްހާ މުވައްޒަފުން ތިބި ފެނަކައިން މި ފުރުސަތުގެ ބޭނުންހިފާ، ވަޒީފާ ދޫކޮށްލަން ހުށަހެޅީ އެންމެ 108 މުވައްޒަފުންނެވެ. އެއީ އެ ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ ނިސްބަތުން އެންމެ 1.3 އިންސައްތަ އެވެ.
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު
ސިޔާސީ ކަންކަމުގައި ހަނު ހުންނާތީ "ދަ ރޮކް"އަށް ފާޑު ކިޔަނީ!
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ހިދުމަތްފަށައިފި