ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް އާއި ޑައިރެކްޓަރު ރާޖް ކުމާރު ސަންތޯޝީގެ ފާހަގަ ކޮށްލެވޭ ތިން ފިލްމެއް ސިނަމާތަކުގައި އަލުން އެޅުވުމަށް އިންޑިއާގެ "ޕީވީއާރް އައިނޮކްސް" އިން ނިންމައިފި އެވެ.
"ދާމިނީ"، "ގާތަކް" އަދި "ގާޔަލް" މި ތިން ފިލްމު ސިނަމާތަކުގައި އަލުން ދައްކަން ނިންމާފައިވަނީ ސަނީ ޑިއޯލްގެ އާ ފިލްމު "ބަޓްވާރާ 1947" ރިލީޒް ކުރުމުގެ ކުރިން، އޭނާގެ ފޭނުންނަށް ބޮޑު ސްކްރީނުގައި މި ފިލްމުތައް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ފިލްމުތައް އަލުން ދައްކާނެ ތާރީހުތައް: މި ހާއްސަ ހަރަކާތް ކުރިއަށް ދާނީ ތިން ހަފްތާއަށް ބަހާލައިގެންނެވެ.
- ދާމިނީ: ޖުލައި 24
- ގާތަކް: ޖުލައި 31
- ގާޔަލް: އޮގަސްޓް 7
މި ތިން ފިލްމަކީވެސް ބޮލީވުޑްގެ ތާރީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ، އަދި ގިނަ އެވޯޑްތަކެއް ވެސް ހާސިލް ކޮށްފައިވާ ފިލްމު ތަކެކެވެ.
އެގޮތުން "ދާމިނީ" އިން ސަނީ ޑިއޯލްއަށް އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުގެ ނޭޝަނަލް އެވޯޑް ލިބުނުއިރު، "ގާޔަލް" އިން އޭނާއަށް ވަނީ އެންމެ މޮޅު އެކްޓަރުގެ ފިލްމް ފެއާ އެވޯޑް ލިބިފަ އެވެ.
މި ތިން ފިލްމަށްފަހު، ސަނީ ޑިއޯލް އާއި ރާޖްކުމާރު ސަންތޯޝީ ގިނަ އަހަރު ތަކަކަށްފަހު އެކުގައި މަސައްކަތް ކޮށްފައިވާ "ބަޓްވާރާ 1947" ސިނަމާތަކަށް އަންނާނީ އޮގަސްޓް 14ގަ އެވެ.
"އާމިރު ޚާން ޕްރޮޑަކްޝަންސް"އާ ގުޅިގެން އުފައްދާފައިވާ މި ފިލްމަކީ 1947 ވަނަ އަހަރު އިންޑިއާާއި ޕާކިސްތާން ވަކިވި ދުވަސްވަރު (ޕާޓިޝަން)ގެ މައްޗަށް ބިނާކޮށް، އިންސާނިއްޔަތުކަމާއި އުންމީދުގެ މައްޗަށް ތައްޔާރު ކޮށްފައިވާ އަސަރުގަދަ ފިލްމެކެވެ
މި ފިލްމުން ސަނީ ޑިއޯލްގެ އިތުރުން ޕްރިތީ ޒިންތާ، ޝަބާނާ އަޒްމީ އަދި އަލީ ފަޒަލް ފެނިގެންދާނެ އެވެ. ފިލްމުގެ މިއުޒިކް ތައްޔާރު ކޮށްފައިވަނީ އޭ.އާރް. ރަހްމާނެވެ.
ސާކާގެ ހެޓްރިކާއެކު ފްރާންސް ބަލިކޮށް އިންގްލެންޑަށް ތިން ވަނަ
އިޒްރޭލުން އުފައްދާ މުދާ ބެލްޖިއަމްގައި މަނާކުރަނީ
ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީ ގާއިމްކުރަނީ