އިންޑިއާގެ ޓީވީ ޑްރާމާތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ހަރްޝަދު ޗޯޕްރާ ރިއަލިޓީ ޝޯ "ލޮކް އަޕް 2"ގެ ތެރެއިން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވަރަށް އަނދިރި ފަރާތެއް ހާމަކޮށް، ސަޕޯޓަރުން ސިއްސުވާލައިފި އެވެ.
ޝޯގެ ތެރޭގައި ސިއްރުތައް ހާމަ ކުރަންޖެހޭ ބައިގައި ވާހަކަ ދައްކަމުން ހަރްޝަދު ވަނީ މާޒީގައި ކުރިމަތިވި ލޯބީގެ ނާކާމިޔާބީއަކަށްފަހު، އަމިއްލަ ނަފްސަށް ގެއްލުން ދެވުނު ކަމަށް އިއުތިރާފުވެފަ އެވެ.
ހަރްޝަދު ކިޔައިދިން ގޮތުގައި، އެ ހާދިސާ ހިނގީ އޭނާގެ އުމުރުން ވަރަށް ޒުވާން ދުވަސްވަރު، ފުރަތަމަ ފަހަރަށް ތަހައްމަލު ކުރަން ޖެހުނު ބޮޑު ހިތްދަތި ކަމެއްގެ ތެރޭގަ އެވެ.
ލޯބިވެރިޔާއާ ވަކިވާންޖެހުމުން ލިބުނު ނަފްސާނީ ފުން އަސަރުތަކުގެ ސަބަބުން، އިހުސާސްތައް ކޮންޓްރޯލް ނުކުރެވިގެން އަމިއްލަ ހަށިގަނޑަށް އަނިޔާ ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
"އެ ޒަހަމްތަކާއި ފާރުތައް މިއަދު ވެސް އަހަރެންގެ ހަށިގަނޑުގައި ފެންނަން އެބަހުރި" ހަރްޝަދު ކިޔައިދިނެވެ.
އެއީ އޭނާގެ ދިރިއުޅުމުގައި ކުރެވުނު އެންމެ ގޯސް އެއް ކަންތައް ކަމަށާއި، އެކަމާ މެދު މިހާރު ވެސް ދެރަވާ ކަމަށް އޭނާ ހާމަކުރި އެވެ.
މި ސިއްރު ހާމަކުރުމާއެކު، ޝޯގެ އެހެން ބައިވެރިންނާއި ބެލުންތެރިންގެ މޫނުމަތިން ބޮޑު ހައިރާންކަމެއް ފެނިގެންދިޔަ އެވެ. އާންމުކޮށް މަޑުމައިތިރި މީހެއްގެ ގޮތުގައި ފެންނަ ހަރްޝަދުގެ ދިރިއުޅުމުގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާނެ ކަމަށް ގިނަ ބަޔަކު އުއްމީދެއް ނުކުރެއެވެ.
ނަމަވެސް، އެ ނުރައްކާތެރި ހާލަތުން އަރައިގަނެ، އަމިއްލަ ނަފްސު އަލުން ބިނާ ކުރުމަށް ކުރި މަސައްކަތުގެ ވާހަކަ ވެސް އޭނާ ވަނީ ހިއްސާ ކޮށްފަ އެވެ.
ހަރްޝަދު އިތުރަށް ބުނީ، މި ވާހަކަ އާންމުކޮށް ކިޔައިދިނުމުގެ މުހިންމު ބޭނުމަކީ ނަފްސާނީ ނުތަނަވަސްކަމާއި ހިތްދަތިކަން ތަހައްމަލު ކުރަމުންދާ އާންމުު ޒުވާނުންނަށް މެސެޖެއް ދިނުން ކަމަށެވެ.
ދިރިއުޅުމުގައި ކިތަންމެ ބޮޑު މައްސަލައެއް ދިމާވި ކަމުގައި ވިޔަސް، އަމިއްލަ ނަފްސަށް އަނިޔާ ކުރުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން ކަމަށާއި، އެފަދަ ހާލަތްތަކުގައި އެހީތެރިކަން ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ފާހަގަކު ރިއެވެ.
"ލޮކް އަޕް 2" އިން ފެނުނު މި އަސަރުގަދަ މަންޒަރަށްފަހު، ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ހަރްޝަދުގެ ހިތްވަރަށް ތައުރީފު ކުރަމުންނެވެ.
އަމިއްލަ ކަންކަން ފޮރުވުމެއް ނެތް ގޮތެއްގައި ހާމަކޮށް، އާންމުން ހޭލުންތެރި ކުރުވުމަށް އޭނާ ކުރި މަސައްކަތަށް ގިނަ ބަޔަކު ދަނީ ސާބަސް ދެމުންނެވެ.
އިގްތިސާދީ މައުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ސްޕެއިންގެ މޮޅާއެކު މިއާއަށް 1.65 މިލިއަން ޑޮލަރު ލިބިއްޖެ