ޑޮކްޓަރުން ބަލިމީހާއަށް ފަރުވާ ކުރުމުގެ ގޮތުން ބޭސް ލިޔެދެއްވަ އެވެ. ނަމަވެސް ފަހަކަށް އައިސް ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ބައެއް މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާކަން ފާހަވެ އެވެ. އަދި އެކަމަށްޓަކައި ކުރެވިދާނެ ކަންކަމުގެ އިރުޝާދު ވެސް ދެއްވަ އެވެ. އޭގެ ތެރޭގައި ގަސްހެއްދުން ހިމެނެ އެވެ.
"ސޯޝަލް ޕްރިސްކްރައިބިން" އަކީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ޑޮކްޓަރުން ލިޔުއްވާ ފަރުވާއެކެވެ. އިނގިރޭސި ވިލާތާއި އެމެރިކާ އަދި ސްކެންޑިނޭވިއާ މިކަމުގައި ފާހަގަ ކޮށްލެވެ އެވެ. އެމެރިކާގައި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް "ހޯޓި ކަލްޗަރަލް ތެރަޕީ" ދެވެ އެވެ. އެ ތެރަޕީގައި ނަފްސާނީ ގޮތުން ބަލިމީހާ ބާރުގަދަ ކުރުވުމަށް ގަސް އިންދުމުގެ ހަރަކާތްތަކެއް ރާވާ ހިންގެ އެވެ. ސްކެންޑިނޭވިއާގައި ބަގީޗާތަކުގެ ތެރޭގައި ނާރުގެ ބަލި މީހުންނަށް ވެސް ފަރުވާ ދެވެ އެވެ.
ސައިންސުގެ ފަހުގެ ހޯދުންތަކުން ހާމަވާ ގޮތުގައި، ގަސް ހެއްދުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރު ކުރުވާ ކަމެކެވެ. އޭގެ ސަބަބުން އުމުރު ދިގު ކޮށްދެ އެވެ. ބަގީޗާ ހައްދައިގެން ހަށިގަނޑަށް ކުރާ ފައިދާތަކުގެ ތެރޭގައި މި އަންނަ ކަންކަން ސައިންސްވެރިން ފާހަގަ ކުރައްވަ އެވެ.
ގަސް ހެއްދުމުން ލިބޭ ޖިސްމާނީ ފައިދާ ލިބެނީ ގަސް ހެއްދުމުގައި ހެލިފެލި އުޅުން ގިނަވުމުންނެވެ. މުށިގަނޑަށް ވެލި އެޅުމާއި، ގަސް އިންދުމާއި، ފެން ދިނުމަށް ކުރާ މަސައްކަތުގައި ގިނައިން ހެލިފެލިވެ އުޅެން ޖެހެ އެވެ. އޭގެ ސަބަބުން ހިތުގެ ހިނގުން ރަނގަޅު ވެ އެވެ. އަދި އަތުގެ ހަރަހާތްތައް އިތުރު ކުރަން ޖެހުމުގެ ސަބަބުން ހަށިގަނޑުގައި އުފައްދާ" ކޯޓިސޯލް" (ސްޓީރޮއިޑް)ހޯމޯން މަދު ކުރެވުމުން ސްޓްރެސް ދަށް ކުރެވެ އެވެ. އަދި ލޭގައި ހަކުރު ކޮންޓްރޯލް ކުރެވެ އެވެ.
ގަސް ހެއްދުމަށް ގެއިން ބޭރުގައި އުޅެންޖެހޭ ވަގުތުގެ ސަބަބުން ހަށިގަނޑު" ރެސްޓް މޯޑަށް" ލެވެ އެވެ. އޭގެ ސަބަބުން ރައްކާތެރި ކަމެއް ލިބިގެންވާ ކަމުގެ އިހްސާސް ކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ކޯޓިސޯލް ހޯމޯން ދަށްކުރެވެ އެވެ.
ގަސް އިންދުމުގެ ސަބަބުން ނިދުމަށް ވެސް އެހީވެދޭކަން ސައިންސްވެރިން ވަނީ ދެނެގަނެވިފަ އެވެ. އެކަން މެދުވެރިވަނީ ހަށިގަނޑުގެ ކޯޓިސޯލް ހޯމޯން ދަށްކޮށްދޭ ހަރަކާތަކަށް ގަސްއިންދުން ވާތީ އެވެ.
ގަސް އިންދުމުން ލިބޭ އިތުރު ފައިދާއަކީ ތަރުކާރީ އާއި މޭވާ ކެއުމަށް އުފެދޭ ޝައުގުވެރިކަމެވެ. މިކަމަކީ އާންމުކޮށް ގަސް ހައްދާ މީހުންގެ ކިބައިން ފާހަގަވާ ކަމެއް ކަމަށް ސައެންސްވެރިން ބުނެ އެވެ. މީގެ އިތުރުން ގަސް ހެއްދުމުގެ ތެރޭގައި ކުދި ފަނިފަކްސާތަކަށް ހަށިގަނޑު ހުށަހެޅުމަކީ ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދޭ ކަމެކެވެ.
ގަސް ހެއްދުމަށް ކުރެވޭ ކުދި ކުދި މަސައްކަތުން ސިކުނޑިއަށް ވަރަށް ފައިދާ ކުރާކަން ވެސް ފާހަގަ ވެފައިވެ އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުން ހިމަނައިގެން ޗައިނާގައި 2024 ގައި ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ގަސް ހެއްދުމަކީ ހަނދާން ނެތޭ ބަލި ޖެހުން ކުޑަކޮށްދޭ ވެސް މަސައްކަތެއް ކަމެވެ.
ވީމާ ގަސް ހެއްދުމަކީ އެތައް ގޮތަކުން ފައިދާހުރި ކަމެއް ކަމަށް ދިރާސާތަކުން ވެސް ހާމަވާތީ، ބޭހުގެ އިތުރުން ގަސް ހެއްދުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް "ސޯޝަލް ޕްރިސްކްރައިބިން" ޑޮކްޓަރުން ލިޔެދެއްވަނީ މި ސަބަބަށްޓަކަ އެވެ.
އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް މަޑުޖައްސާލައިފި
މާވެލްއިން އާ "ސްޕައިޑަމޭން"އެއް ހޯދާކަން ޔަގީން ކޮށްދީފި
ޑިޑީ ޖަލުން މިނިވަންވާ ތާރީހު އަވަސް ވެއްޖެ