ޓެކުހުގެ ގޮތުގައި އެންމެ ގިނައިން މީރާއަށް ފައިސާ ދައްކައިފައިވާ ފަރާތްތަށް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން "ރަންލާރި" އެވޯޑްނަމުގައި ހާއްސަ އެވޯޑެއް، 19 ފަރާތަކަށް ދީފި އެވެ.

މި އެވޯޑު ދީފައިވަނީ މީރާގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި އްސަ ހަފްލާއެއްގަ އެވެ. މި ގޮތުން، މި އަހަރު މި އެވޯޑު ދީފައިވަނީ، ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކައިފައިވާ ފަރާތްތަކަށެވެ.

މިގޮތުން 12 ގިންތިއަކުން 19 ފަރާތަކަށްވަނީ "ރަންލާރި" އެވޯޑު ލިބިފަ އެވެ. އެވޯޑު ލިބިފައިވާ ފަރާތްތަކަކީ:

ފަތުރުވެރި ކަމުގެ ދާއިރާގެ ޖީއެސްޓީ އާ ގްރީން ޓެކްސް - ރިޒޯޓު

ބެޑް ކެޕޭސިޓީ (150 އަށްވުރެ ދަށް)

ވެލާ އައިލެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ 'ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް'

ބެޑް ކެޕޭސިޓީ (151 – 250 އާ ދެމެދު)

ސީޕީއާރްސީ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ 'ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް'

ބެޑް ކެޕޭސިޓީ (250 އަށްވުރެ މަތި)

އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ 'ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް، އިތާފުށި'

ފަތުރުވެރި ކަމުގެ ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް - ޓޫރިސްޓް ހޮޓާ

މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ 'ހުޅުލެ އައިލެންޑް ހޮޓެލް'

ފަތުރުވެރި ކަމުގެ ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް - ޓޫރިސްޓް ގެސްޓްހައުސް

ސަމަން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ 'އޯޝަން ގްރޭންޑް'

ފަތުރުވެރި ކަމުގެ ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް - ޓޫރިސްޓް އުޅަނދު

ވިލަމެންދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ 'ގޮމަފުޅު'

ފަތުރުވެރި ކަމުގެ ދާއިރާގެ ޖީއެސްޓީ – ޓްރެވަލް އޭޖެންސީ

އިންޓުއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ފަތުރުވެރި ކަމުގެ ދާއިރާގެ ޖީއެސްޓީ – އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތައް

ޓްރާންސް މޯލްޑިވިއަން އެއާވޭސް ޕްރައިވެޓް ލިމިޓެޑް

ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ ޖީއެސްޓީ

އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް

އަހްމަދު ނިޔާޒް

އާމްދަނީ 30 - 100 މިލިއަން ރުފިޔާއާ ދެމެދު

އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

އާމްދަނީ 100 - 200 މިލިއަން ރުފިޔާއާ ދެމެދު

ވާސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް

އާމްދަނީ 200 މިލިއަން އަށްވުރެ މަތި

ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

އެއާޕޯޓު ޓެކުހާއި ފީ

އިއްތިހާދު އެއާވޭސް

އާމްދަނީން ނަގާ ޓެކްސް - ފަރުދުން

އަހްމަދު ސިޔާމް މުހައްމަދު

އާމްދަނީން ނަގާ ޓެކްސް – ފަރުދުން ނޫން އެހެންފަރާތްތައް

އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް

އެޓްމޮސްފިއާ ކަނި ރިޒޯޓް ޕްރައިވެޓް ލިމިޓެޑް

އާމްދަނީ 30 - 100 މިލިއަން ރުފިޔާއާ ދެމެދު

ކަނޑޫމާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް

އާމްދަނީ 100 - 200 މިލިއަން ރުފިޔާއާ ދެމެދު

ވާސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް

އާމްދަނީ 200 މިލިއަން އަށްވުރެ މަތި

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް

އާމްދަނީން ނަގާ ޓެކްސް - ބޭންކް

ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް

ސަރުކާރު ހިއްސާވާ ކުންފުނި

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް

މީރާއިން އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންލާރި އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައި އާންމުކޮށްފަ އެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން އެވޯޑު ދިނުމުގެ ކުރިން، މި އެވޯޑު ލިބިގަތުމާމެދު އެވޯޑު ހައްގުވާ ފަރާތްތަކުގެ އިއުތިރާޒެއް ނެތްކަން މީރާއިން ވަނީ ކަށަވަރުކޮށްފައެވެ. އަދި ޓެކްސް ދައްކާ އެއްވެސް ފަރާތަކުން އެ ކަމަށް އިއުތިރާޒުކުރާނަމަ، އެ ފަރާތުގެ ބަދަލުގައި މި އެވޯޑު ދެވިފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ދަށުން ދެން ހޮވޭ ޓެކްސް ދައްކާ ފަރާތަކަށެވެ.

މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެ ހަފްލާގެ ޝަރަފުވެރި މެހެމާން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.