ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކައަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމެއްގައި، ކަތިވަޅިއެއް ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ށ. މިލަންދޫއިން ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެކެވެ. ސޯޝަލް މީޑިއާގައި އަނބިމީހާ ފަލަކަމަށް ބުނެ ދެއްކުނު ވާހަކައަކާ ގުޅިގެން ރުޅިއައިސްގެން މި މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުގެ ސަބަބުން އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އަނެއް މީހާ ތަހުގީގުގެ ބޭނުމަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން 12 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން މިލަންދޫ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ދެ މީހުންނަށް ކުރަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައިވާގޮތުން، އުމުރުން 22 އަހަރުގެ މީހަކު ތޫނު ހަތިޔާރެއް ހިފައިގެން ގޮސް، 31 އަހަރުގެ މީހަކާ މާރާމާރީ ހިންގަން އޭނާ ދިރިއުޅޭ ގެ ކައިރިއަށް ވަނީ ގޮސްފަ އެވެ. އެ ހަތިޔާރަކީ ކަތިވަޅިއެކެވެ. އަދި އެވަގުތު އެ ތަނުގައި ހުރި އެހެން މީހަކާ ދިމާލަށް ވެސް ކަތިވަޅި މަޅާލުމަށް ފަހު އިންޒާރުދީފައިވާ ކަމަށް ހެކިންގެ ބަޔާންތަކުން އެނގެ އެވެ.
ފުލުހުން އެ ސަރަހައްދަށް ދިއުމާއެކު، އޭނާގެ އަތުގައި އޮތް ކަތިވަޅި ކައިރީގައި އޮތް ސައިކަލެއްގެ މަޑި ދަށަށް ލައި ފޮރުވާފައިވާކަން ވެސް ހެކިންގެ ބަޔާނުން ފާހަގަކޮށްފައިވެ އެވެ. ސީނަށް ދިޔަ ފުލުހުން އެ ސައިކަލު ބަލައި ފާސްކުރިއިރު، މަޑި ދަށުން ކަތިވަޅިއެއްގެ އިތުރުން އިތުރު ދެ ވަޅި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވެ އެވެ.
ބަންދުގެ މަޖިލީހުގައި ވާހަކަ ދައްކަމުން، ކުށުގެ ވެއްޓަށް ދިޔަ ކަމަށާއި އެ ތަނުގައި އަޑުގަދަކޮށް ވާހަކަ ދެއްކުނު ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ އެއްބަސްވެފަ އެވެ.
އީރާނުގެ މައްސަލާގައި ދެކުނު ކޮރެއާއިން އެއްބާރުލުން ނުދިން
ރިސޯޓު ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
