ބޮލީވުޑްގެ މަޝްހޫރު ތަރި ގޯވިންދާގެ އާއިލީ މައްސަލަތަކާ ގުޅޭގޮތުން، އޭނާގެ މެނޭޖަރު ޝަޝީ ސިންހާ ވަނީ ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
މި ފާޑުކިޔުންތައް އަމާޒު ވެފައިވަނީ ސުނީތާ ވަރިވުމަށްޓަކައި ކޯޓަށް ހުށަހެޅި މައްސަލަ ފަހުން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ޝަޝީ ސިންހާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ސުނީތާ ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، އަނބުރާ ގެންދިޔުމުން އެކަމާ މެދު އޭނާ ހައިރާންވެ ސުވާލު އުފެދުނު ކަމަށެވެ. އެއާއެކު މިފަދަ ކަންކަން ކޯޓާ ހަމައަށް ގެންގޮސް އާންމުންގެ ތެރޭގައި "ތަމާޝާއަކަށް" ހެދުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ގޭތެރޭގެ ކަންކަމަކީ ގޭތެރޭގައި ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަންކަން ކަމަށާއި، މިފަދަ މައްސަލަތައް އާންމުންގެ ތެރެއަށް ގެންދިއުމުން އާއިލާގެ އަގު ވެއްޓޭ ކަމަށް އޭނާ ފާހަގަކުރި އެވެ.
މީގެ އިތުރުން ޝަޝީ ބުނި ގޮތުގައި، މިކަމާ ގުޅޭގޮތުން ގޯވިންދާ ވަކި ހާއްސަ ރައްދެއް ދީފައެއް ނުވެ އެވެ. އޭނާ ވަނީ ހުރިހާ ފަރާތްތަކަށް ވެސް ހެޔޮ ވިސްނުން ލިބުން އެދި ދުއާ ކޮށްފަ އެވެ.
ދާދި ފަހުން ފެމިލީ ކޯޓުގެ ބޭރުން ސުނީތާ ފެނުނު ނަމަވެސް ނޫސްވެރިން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވަނީ ސީދާ ޖަވާބެއް ނުދީ، މަޖާ ގޮތަކަށް އުފަން ދުވަސް ފާހަގަކުރަން އައީ ކަމަށް ބުނެ އެކަމުން ރެކިފަ އެވެ.
ގޯވިންދާ އާއި ސުނީތާގެ ކައިވެންޏަށް އެތައް އަހަރެއް ވެފައިވާއިރު، މީގެ ކުރިން ވެސް އެ ދެމަފިރިންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް ފަހުން އެ ދެމަފިރިން ވަނީ އެކުގައި ފެނިގެން ގޮސް އެފަދަ ވާހަކަތައް ދޮގުކޮށްފަ އެވެ.
ކާމިޔާބީގެ ސިއްރު: ވަގުތު "މެނޭޖް" ކުރަން ދަސްކުރުން!
ސްޕޯޓްސް މިނިސްޓްރީގައި 386 ސިޔާސީ މުވައްޒަފުން