ކަކުލުގައި ނުވަތަ މައިބަދައިގައި ރިއްސުމަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ މައްސަލައެއް ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ.
ނަމަވެސް، ޒުވާން އުމުރުގައި، ހާއްސަކޮށް އުމުރުން 30ގެ އަހަރުތަކުގައި މިފަދަ ވޭނެއް އިހުސާސްވާނަމަ، އެއީ ވިސްނާލަންޖެހޭ ކަމެކެވެ. މިއީ ހަށިގަނޑު އަވަހަށް ޢުމުރުން ދުވަސްވުމުގެ ކުރީކޮޅުގެ ނިޝާނަކަށް ވެދާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ.
މައިބަދަ އަދި ކަށީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ރަޖޭޝް ވަރްމާ ވަނީ ޒުވާން އުމުރުގައި ދިމާވާ މިފަދަ ތަދުތަކުގެ ސަބަބުތަކާއި، އެކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފަ އެވެ.
ޒުވާން އުމުރުގައި ކަކުލުގައި ރިއްސަން މެދުވެރިވާ މައިގަނޑު ސަބަބުތައް
ޑރ. ރަޖޭޝް ފާހަގަކުރައްވާ ގޮތުގައި، ޒުވާން އުމުރުގައި ހުޅުތަކާއި ކަކުލުގައި ރިއްސުމުގެ ފަހަތުގައި އާންމުކޮށް ހުންނަނީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ގިނައިރު އިށީނދެ އިނުން: މިއަދު ގިނަ މީހުން މަސައްކަތް ކުރަނީ އެތައް ގަޑިއިރެއް ވަންދެން ގޮނޑީގައި އިށީނދެ އިނދެގެންނެވެ. މިއީ ހަށިގަނޑުގެ މަސްތަކާއި ހުޅުތަކަށް ބާރުބޮޑުވެ، ހަށިގަނޑު އަވަހަށް "ބާވެ،" ޢުމުރުން ދުވަސްވީ ހާލަތަކަށް ބަދަލުވާން މެދުވެރިވާ ސަބަބެކެވެ.
- ހަރަކާތްތެރިކަން މަދުވުން: ކަސްރަތު ނުކުރުމާއި ހަށިގަނޑަށް ބޭނުންވާ ހަރަކާތްތައް ނުލިބުމުގެ ސަބަބުން ކަށިތަކާއި ހުޅުތައް ބަލިކަށިވެ އެވެ.
- ކާނާގެ ސަބަބުން ބަރުދަން އިތުރުވުން: ކާބޯތަކެތީގެ ނުރަނގަޅު އާދަތަކުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އިންތިހާއަށް އިތުރުވެ، އެކަމުގެ ސީދާ ބަރުދަން ކަކުލަށް އުފުލަންޖެހި، ކަކުލުގެ ހުޅުތައް އަވަހަށް ހަލާކުވާން މެދުވެރިވެ އެވެ.
- މަސްތައް ބަލިކަށިވުން: ހަށިގަނޑުގެ ބާރު ހިފަހައްޓައިދޭ މައިގަނޑު މަސްތައް ބަލިވުމުން، ހުޅުތަކަށް ސީދާ ޕްރެޝަރު ލިބެ އެވެ.
ޒުވާން އުމުރުގައި މިފަދަ ތަދުތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން
މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ޑޮކްޓަރު ދެއްވާ ލަފާތަކުގެ ތެރޭގައި:
- ޤަވާއިދުން ކަސްރަތު ކުރުން: ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމާއި، މަސްތައް ވަރުގަދަ ކުރުމަށް ކަސްރަތު ކުރުން.
- ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުން: ކަކުލަށް އަންނަ ބަރުދަން ކުޑަ ކުރުމަށް ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.
- މަސައްކަތު މާހައުލު ބަދަލު ކުރުން: ގިނައިރު އިނދެގެން މަސައްކަތް ކުރާނަމަ، ކޮންމެ 30 މިނެޓަކުން ކޮޅަށް ތެދުވެ ކުޑަކޮށް ހިނގާލައި ހަށިގަނޑަށް ހަރަކާތް ގެނައުން.
އެހެން ކަމުން، އުމުރުން 30ގެ އަހަރުތަކުގައި ކަކުލުގައި ނުވަތަ މައިބަދައިގައި ރިއްސާނަމަ، އެއީ އާދައިގެ ކަމެއް ކަމަށް ދޫކޮށްނުލައި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ސިއްހަތަށް ސަމާލުކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި ދެކެން ޖެހެ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޝުއައިބު
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ޕާސްޕޯޓް ހިފަހައްޓައިފި