އުފަންދުވަހެއްގެ ޕާޓީއެއް ކޭކަކާއި އުއްބައްތިއެއް ނެތި ފުރިހަމައެއް ނުވެ އެވެ. އުފަންދުވަސް ފާހަގަ ކުރުމުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ސިކުނޑިއަށް އަންނަނީ ކޭކާއި އުއްބައްތި އެވެ. ނަމަވެސް، މި ޒަމާނީ އާދަކާދަތަކުގެ ފަހަތުގައި ފޮރުވިފައިވާ ދިގު ތާރީހާއި ސަބަބުތައް އެނގޭ މީހުން މަދެވެ.
މިއަދު މުޅި ދުނިޔޭގައި އާންމު ކޮށްފައިވާ އުފަންދުވަސް ފާހަގަ ކުރުމުގެ އާދަކާދަތަކަކީ ގަދީމީ މިސްރު، ގްރީސް، ރޯމް، ޖަރުމަނު އަދި ޢީސާއީ ސަގާފަތްތަކެއް އެކުވެގެން އައިސްފައިވާ ކަންކަމެވެ.
ކޭކުގެ އަސްލު
އުފަންދުވަހަކަށް ކޭކު ފެޅުމުގެ ފެށުން ގުޅިފައިވަނީ ގަދީމީ މިސްރާ އެވެ. އެއީ ފިރުއައުނުން ރަސްކަމަށް އިސްކުރާ ދުވަސް ފާހަގަ ކުރުމާ ގުޅިގެން ގޮސްފައިވާ ކަމެކެވެ.
ފަހުން ގްރީސް މީހުން ވަނީ މި އާދަ އިތުރަށް ފުޅާކޮށްފަ އެވެ. އެ މީހުން ވަނީ ދީނީ ކަމެއްގެ ގޮތުގައި ހަނދުގެ ބައްޓަމަށް މީރު ރަހަލާ ހަދާފައިވާ މާމުއި ރަހަލާ ކޭކުތަކުގައި އުއްބައްތި ޖަހައިގެން ބޭނުން ކޮށްފަ އެވެ.
އުއްބައްތި ދިއްލުމާއި ފުމެ ނިއްވާލުމުގެ ސަބަބު
އުއްބައްތި ދިއްލުމުގެ އާދަ އެންމެ ފުރަތަމަ ފެށުނީ ޖަރުމަނު ވިލާތުގައި ކަމަށް ލަފާކުރެވެ އެވެ. އެ މީހުން ކުޑަކުދިންގެ އުފަން ދުވަސްތަކުގައި، ކުއްޖާގެ އުމުރާ އެއްވަރަށް އުއްބައްތި ޖެހުމަށްފަހު، "ދިރިއުޅުމުގެ އަލިކަން" ރަމްޒު ކޮށްދިނުމުގެ ގޮތުން އިތުރު ފައްތަރެއް މެދުގައި ޖަހަ އެވެ.
ގްރީސް މީހުން ގަބޫލުކުރި ގޮތުގައި ފައްތަރު ނިއްވާލާއިރު އަރައިގެންދާ ދުމާއެކު، އިންސާނާ ކުރާ ދުއާތަކާއި އެދޭ އެދުންތައް އުޑަށް ގެންގޮސްދެ އެވެ.
އެއާއެކު އުއްބައްތި ނިއްވާލާއިރު ސިއްރުން އެދޭ އެދުންތައް ހާސިލުވާނެ ކަމަށް ވެސް ގަބޫލު ކުރެވުނެވެ. ނަމަވެސް ބައެއް ސަގާފަތްތަކުގައި ނުބައި ރޫހުތަކުން ރައްކާތެރި ވުމުގެ ގޮތުން މުޅި ދުވަހު އުއްބައްތިއެއް ދިއްލާފައި ބަހައްޓަ އެވެ.
ގަދީމީ ތަފާތު އާދަކާދަތައް އެކުވެގެން އައިސް، މިއަދު މިފެންނަ ޒަމާނީ އުފަން ދުވަސް ފާހަގަކުރުމުގެ ސަގާފަތް ވަނީ މުޅި ދުނިޔެއަށް ފެތުރިފަ އެވެ.
އެހެންކަމުން، ކޭކު ފެޅުމާއި އުއްބައްތި ނިއްވާލުމަކީ ހަމައެކަނި އުފާ ފާޅުކުރުމެއް ނޫނެވެ؛ އެއީ ތާރީހާއި އުއްމީދުތަކެއް އެކުލެވިގެންވާ ގަދީމީ ސަގާފަތެކެވެ.
ނޭޕާލާއި ޓިބެޓްގެ ފެންބޮޑުވުމުގައި 1،300 މީހުން ގެއްލިއްޖެ
30ގެ އަހަރުތަކުގައި ކަކުލުގެ ރިހުމަށް މެދުވެރިވާ ސަބަބު!
މާހިރުންގެ ލަފާ ނެތި ބިލްތައް ފާސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން