ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން މުހައްމަދު ހަބީބު މިއަދު ވަކިކޮށްފި އެވެ.
އިތުބާރު ހުރި މަސްދަރަކުން "ހުރިހާ" އަށް ވަނީ އެކަން ކަށަވަރުވެފަ އެވެ. އޭނާ މަގާމުން ވަކިކުރީ އެންޑީއޭގެ ހިންގާ ބޯޑުންނެެވެ. އެންޑީއޭ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ހުންނަކަމުގެ ޝަކުވާއާ އެކު މި މަހުގެ ފަސް ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އެންޑީއޭގެ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ސީއީއޯގެ މަގާމަށް ހަބީބު އައްޔަން ކުރީ ވެސް އެ މަގާމުގައި ހުންނެވި ހަސަން ޝަހީލް އިސްތިއުފާ ދެއްވިތާ ހަތަރު މަސް ފަހުންނެވެ.
ޝަހީލް އިސްތިއުފާ ދެއްވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އޭނާގެ އަބުރު ކަތިލައި އިންޒާރު ދެމުންދާ ކަމަށް ވިދާޅުވެ އެވެ.
އީރާނުން ބަހުރޭނާއި ކުވެއިތުގައި ހުރި މަރުކަޒުތަކަށް ހަމަލާދީފި
ޝަހުޒާނާއި ލީވާންގެ އަޑުއެހުން ކެންސަލްކޮށްފި
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
