ކޮވިޑް ޖެހިގެން ރާއްޖެއިން ރެކޯޑް އަދަދަކަށް މިއަދު މީހުން މަރުވެއްޖެ އެވެ.
މިއަދުގެ މިހާތަނަށް ނުވަ މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.
މިއަދުގެ މިހާތަނަށް ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިރޭ 6:48 ހާއިރު އެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 41 އަހަރުގެ އަންހެނެކެވެ.
މިއަދު ވެސް މި ބަލީގައި ގިނަ މީހުން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ. މި މަހުގެ މިހާތަނަށް މި ބަލީގައި 65 މީހަކު ވަނީ މަރުވެފަ އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިހާރުވެސް 100 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެސް ގިނަ ބަޔަކަށް އަންނަނީ ފަރުވާދެމުންނެވެ.
ތާރީހު ބަދަލު ކުރެވުނީ އާޝާގެ ސަބަބުން: ހެލެން
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
