ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގަމުން އަންނަ އިންކުއަރީއަށް ވަކިވަކި ފުލުހުން ހާޒިރުވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައްޔިތުންގެ މަޖުލީހަށް ޖަވާބުދާރީވުމުގައި ފުލުހުން އަމަލުކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.
"ރައްޔިތުންގެ މަޖުލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީން ހިންގަމުންދާ އިންކުއަރީއަށް ކޮމިޝަނާ އޮފް ޕޮލިސްގެ އިތުރުން ބައެއް އިތުރު ފުލުހުން ހާޒިރުވުމަށް ވަނީ ނޯޓިސް ލިބިފައި. އެ ދުވަސްތަކުގައި އެ ފުލުހުން ހާޒިރުވެ ޖަވާބުދާރީވާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވަނީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން ވަޒީރާއި ފުލުހުންނާ ސުވާލުކުރެވިދާނެ ކަމަށެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން އަންނަ މައްސަލައާ ގުޅިގެން ވަކި ވަކި ސިފައިން ހާޒިރުކުރަން މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނީ ވަކި ވަކި ސިފައިންގެ ބަދަލުގައި ކޮމިޓީއަށް ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
